ޚަބަރު

މުއިއްޒުގެ ސަރުކާރަށް އެހީތެރިކަން ދޭނަން - ބައިޑަންގެ ވަފްދު

ދިޔަވަރު
މުއިއްޒުގެ ސަރުކާރަށް އެހީތެރިކަން ދޭނަން - ބައިޑަންގެ ވަފްދު

ކުރިއެކޭ އެއްގޮތަށް މިހާރުވެސް އެހީތެރިކަން ދެމުންދާނެކަމުގެ ޔަގީންކަން އެމެރިކާއިން ރާއްޖެއަށް ދީފިއެވެ.

އެމެރިކާއިން މިފަދައިން ބުނެފައިވަނީ އެމެރިކާއިން ރާއްޖެއަށް ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނާއެކު ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބޭއްބެވި ފަރިއްކޮޅުގެ ތެރެއިންނެވެ.

އެމެރިކާގެ މި ވަފުދުގެ އިސްވެރިއެއްގެ ގޮތުން ހިމެނިވަޑައިގަންނަވަނީ އެމެރިކާގެ އެޖެންސީ ފޮރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއެއިޑް)ގެ އެޑްމިނިސްޓްރޭޓަރ ސަމަންތާ ޕަވަރއެވެ. އަދި މި ބައްދަލުކުރެއްވުމުގައި ދިވެހި ސަރުކާރުގެ އިސްބޭފުޅުންގެ މައްޗަށް އެކުލެވޭ ވަފުދެއްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުން ކުރިން ސިއްރު ކޮށްފައިވީނަަމަވެސް، ދިޔަވަރު ނޫހުން، މުއިއްޒު ހާއްސަ މެންދުރުގެ ފަރީއްކުޅުއްވުމެއް ބައިޑަންގެ ވަފްދަށް ތައްޔާރު ކުރި ވާހަކަ އާންމު ކުރުމުން، ރައީސް އޮފީހުން ނިންމެވީ މި ފަރީކުޅުއްވުމާއި، މި ބައްދަލު ވުމުގެ ވާހަކަ ހާމަ ކުރުމަށެވެ.

ބައިޑަންގެ ވަފްދު މުއިއްޒުގެ ހުވާ ކުރުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވީ، ފަލަސްތީނާއި ގުޅޭ އެއްވެސް ވާހަކަ އެއް ނުދެއްކުމަށް ސަރުކާރުން އެއްބަސް ވުމުންނެވެ.