ގެދޮރުވެރިޔާ ސްކީމުގެ ނަމުގައި ކުރީ ސަރުކާރުން ހިންގި ފްލެޓު މަޝްރޫއު ކުރިއަށް ގެންދާނެ ގޮތް ނިންމާނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ މަޝްވަރާ ކުރުމަށްފަހު ކަމަށް އާ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައިވާއިރު ހައުސިންގ މިނިސްޓްރީ ތެރެއިން މައުލޫމާތު ލިބޭ ގޮތުގައި، މުއިއްޒު އާއި ޑރ. އަލީ ހައިދަރު ގުޅިގެން މަސައްކަތް ކުރައްވަމުން ގެންދަވަނީ، ކުރީ ސަރުކާރުން ފްލެޓް ޕޮއިންޓް ދީފައިވަނީ ހަމަހަމަކޮށް ނޫން ކަމަށް އޭސީސީ މެދުވެރިކޮށް ބުނުވައި، އަލުން ޕޮއިންޓްތައް ދިނުމަށެވެ. ނަމަވެސް އެގޮތަށް ޕޮއިންޓް ދިނަސް ޕީޕީއެމްގެ ގިނަ މެމްބަރުންނަށް ފްލެޓް ލިބޭނޭ ކަމަށް ނުބެލެވޭތީ، މި ފްލެޓް މަޝްރޫޢު އޭސީސީ ލަފާގެ މަތިން އެއްކޮށް ހުއްޓުވާލުމަށް އޭސީސީއިން ލަފާ ހޯއްދުމަށް ރާވާފައިވާ ކަމުގައި މައުލޫމާތު ލިބެއެވެ.
އޭރުން މުއިއްޒު ދެއްވާ ފްލެޓްތަކުގެ ނަމުގައި އާ ފްލެޓް މަޝްރޫޢެއް ފައްޓަވައި ޕީޕީއެމް ގިނަ ބަޔަކަށް ފްލެޓް ދެވޭނެއެވެ.
އެ މަޝްރޫއަކީ އޭސީސީން ހުއްޓައިލަން އަންގާފައިވާ މަޝްރޫއަކަށް ވާތީ, އިތުރަށް ކުރިއަށް ދާނެ ގޮތެއް ނިންމަވާނީ އޭސީސީގެ މަޝްވަރާގެ މަތިން ކަމަށް ވެސް ހައިދަރު ވިދާޅުވި އެވެ. އޭސީސީން އަންގާ ގޮތެއްގެ މަތިން, ފްލެޓު ލިބޭ މީހުންގެ ލިސްޓު އަލުން އެކުލަވައިލަން ޖެހޭ ނަމަ އެކަން ވެސް ކުރައްވާނެ ކަމަށް ހައިދަރު ވިދާޅުވި އެވެ.
ހުޅުމާލެ ފޭސް 2 ގައި ޕީޕީއެމް އަށް ސަޕޯޓު ކުރާ އެހާ ގިނަ ބަޔަކު ތިބި ސަބަބަކީ، އެ ފްލެޓްތައް ގަވާއިދާއި ޚިލާފަށް އޭރު މުއިއްޒުގެ ހައުސިން މިނިސްޓަރު ކަމުގައި ޕީޕީއެމް ފަރާތްތަކަށް ދިނުމެވެ. ގްރޭޓަރ މާލެގެ ބޮޑުބައެެއް ޕީޕީއެމް ގެ ގިނަ ފަރާތްތަކަށް ލިބޭނޭ ގޮތް ހައްދަވައި، ވެރިކަމުގެ އިތުރު ދައުރުތައް ޕީޕީއެމް އިން ނެގުމުގެ ރޭވުންތަކެއް ޔާމީނުގެ ސަރުކާރުން ފެށިގެންވެސް އެމީހުން ދަނީ ރާވަމުންނެވެ. އޭރު އޭސީސީއިން އެއްވެސް ވަރަކަށް ފްލެޓް މަޝްރޫޢާއި މެދު އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.