ޚަބަރު

މުއިއްޒުގެ އެންގުމަށް އިތުރު 20 ދާއިމީ މުއައްޒަފަކު، ރައީސް އޮފީހުން ކުއްލިއަކަށް މިއަދު ވަކިކޮށްފި!

ދިޔަވަރު
މުއިއްޒުގެ އެންގުމަށް އިތުރު 20 ދާއިމީ މުއައްޒަފަކު، ރައީސް އޮފީހުން ކުއްލިއަކަށް މިއަދު ވަކިކޮށްފި!

ރައީސް އޮފީހުގެ ސީޔާސީ ނޫން މަޤާމުތަކުގައި ތިއްބެވި ދާޢިމީ މުއައްޒިފުންގެ ތެރެއިން 6 މުއައްޒަފަކު އިއްޔެ ވަޒީފާއިން ވަކިކޮށްފައިވާއިރު މިއަދު އިތުރު 20 ދާއިމީ މުއައްޒަފަކު ކުއްލިއަކަށް ވަޒީފާއިން ވަކިކޮށްފިއެވެ. ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވެ، ވަޑައިގެންނެވީ އެއްވެސް މީހަކު ވަޒީފާއިން ވަކި ނުކުރާނެ ކަމުގެ ފުރިހަމަ ޔަގީން ކަން ދިނުމަށް ފަހުގައެވެ. ރައްޔިތުންގެ ވޯޓު ހޯއްދެވީ އެފަދައިން ކެމްޕެއިން ކޮށްގެންނެވެ.

ވަޒީފާއިން ވަކިކޮށްފައިވަނީ، ކުރިން އެންގުމަކާއި ނުލައި ކުއްލިއަކަށް ކަމުން ގިނަ އާއިލާޔަކަކަށް މިއަިން ހިތްދަތިކަން ވަނީ ވެރިވެފައެވެ. ގިނަ މީހުން ވަޒީފާއިން ވަކި ކޮށްފައި ވަނި ވަޒީފާ އަދާކޮށްފައި ގެއަށް ދިޔުމުން ފޯނުން ގުޅާފައި ދެން އޮފީހަށް ނަޔަސް އެންމެ ރަނގަޅު ކަމަށް ރައީސްގެ ފަރާތުން އަންގާކަމަށް ބުނެއެވެ.

ވަޒީފާއިން ވަކި ކޮށްފައިވާ އެންމެންނަކީ ދާއިމީ ވަޒީފައިގައި ތިބި ފަރާތްތަކެވެ. އެއީ ސިޔާސީ މަގާމުތަކެއް ނޫނެވެ. އަދި ވަކި ކޮށްފައިވަނީ އެއްވެސް ވަރަކަށް ސިޔާސީ ޚަރަކާތެއްގައި އުޅެފައިނުވާ ފަރާތްތަކެވެ. މިގޮތުން އެތައް ދައުރަކު ރައީސް އޮފީހުގައި މަސައްކަތް ކޮށްފައިތިބި ފަރާތްތައްވެސް، އެއްވެސް އެންގުމަކާއި ނުލައި ކަނޑާލާފައި ފޮނުވާލާފައިވެއެވެ.

މިއީ ހީކުރި ވަރަށް ވުރެ އަނިޔާވެރި ސަރުކާރެއް ކަމަށް ބުނެ ސޯޝަލް މީޑިޔާގައި މިކަމާއި ގުޅިގެން އެކި ފަރާތްތަކުން އުދާސްތައް ފާޅު ކުރަމުންދެއެވެ.