ޚަބަރު

ވޯޓު ލުމާއި، ޑިމޮކްރަސީ އާއި ދެކޮޅަށް ދީނީ ފަތުވާ ދެއްވާފައިވާ، ސަލަފުގެ އަލީ ޒާހިރަށް އިސްލާމިކް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ކަން ދެއްވައިފި! 

ދިޔަވަރު
ވޯޓު ލުމާއި، ޑިމޮކްރަސީ އާއި ދެކޮޅަށް ދީނީ ފަތުވާ ދެއްވާފައިވާ، ސަލަފުގެ އަލީ ޒާހިރަށް އިސްލާމިކް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ކަން ދެއްވައިފި! 

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ކަމަށް ޑރ. އަލީ ޒާހިރު އައްޔަން ކުރައްވައިފިއެވެ.

ޑރ. އަލީ ޒާހިރަށް މަގާމުގެ ފަތްކޮޅު އަރުވާފައިވަނީ ދައުލަތުގެ އިސްމަގާމުތަކަށް ބޭފުޅުން އައްޔަންކުރުމަށް ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް، ޑރ. މުހައްމަދު މުއިއްޒުއެވެ.

އަލީ ޒާހިރު އިސްކޮށް ހުންނަވައިގެން ދީނުގެ ނަމުގައި ފިތުނަވެރި ދެ ޖަލްސާއެއް އިންތިހާބާއި ކައިރިވެފައިވަނިކޮށް ސަލަފުން އިންތިޒާމު ކޮށްގެން ބޭއްވިއެވެ. މި ދެޖަލްސާގައިވެސް ސަރުކާރާއި ދެކޮޅަށް ރައްޔިތުންގެ މެދުގައި ފިތުނައާއި ރުޅިވެރިކަން އިތުރު ކުރުމަށް އެކި ބޭފުޅުން ވަނީ ފަތުވާ ދެއްވާފައެވެ. ސަލަފަކީ ސިޔާސީ ޕާޓީއެއް އުފައްދަން ފަސްޖެހޭ ބަޔަކު ސިޔާސީ ހަރަކާތް ހިންގަން ގެންގުޅޭ ސިޔާސީ ގްރޫޕެކެވެ. މި ބޭފުޅުންގެ ތެރޭގައި ގިނައީ ދީނީ ގޮތުން ވަރަށް ރަނގަޅު ތެދުވެރި ބޭފުޅުން ކަމުގައި ވީނަމަވެސް، ސަލަފުގެ ސިޔާސީ ހަރަކާތް ކުރިއަށް ގެންދަނީ އިހުލާސްތެރިކަމެއް ނެތް، ސިޔާސީ ބާރުވެރިކަމަށް ފެންބޮވައިގަނެފައިވާ ބައެކެވެ. މި ބޭފުޅުން ތެރެއިން ބައެއް ފަރާތްތައް ވަނީ އެކި ފަހަރު މަތިން މީގެ ކުރީގައި، ޑިމޮކްރަސީ އަކީ ޝަހާދަތުގެ ދެކިލަމައާއި ފުށު އަރާއެއްޗެއް ކަމަށް ބުނެ ފަތުވާ ދީފައެވެ.

ދިވެހިރައްޔިތުން އެދެނީ ސަލަފު ޖަމިއްޔާ ސިޔާސީ ނުވެ އިސްލާމީ ތައުލީމް ހެޔޮގޮތުގައި ރައްޔިތުން ފޯރުކޮށްދިނުމުގައި ތިބުމަށެވެ.