ޚަބަރު

މުއިއްޒު އެންގީ މަންނާން އާއި އަލީ ރަޝީދު ރިޓަޔަރ ކުރަން, ނޫނީ މަގާމުން ވަކިކުރާނެ ކަމަށް!

ދިޔަވަރު
މުއިއްޒު އެންގީ މަންނާން އާއި އަލީ ރަޝީދު ރިޓަޔަރ ކުރަން, ނޫނީ މަގާމުން ވަކިކުރާނެ ކަމަށް!

ފުލުންގެ މުއައްސަސާ ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި އެކްޓިން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފާއި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ޑީސީޕީ) އަލީ ރަޝީދު ފުލުހުންގެ ހިދުމަތުން ރިޓަޔަކުރައްވަން ނިންމަވާފައިވަނީ އެ ދެބޭފުޅުނ މަގާމުން ވަކި ކުރާނޭކަމުގެ އިންޒާރު ރައީސް މުއިއްޒު ދެއްވައިގެންކަން "ދިޔަރަވަރަށް" ކަށަވަރު ވެއްޖެއެވެ.

ނަން ހާމަ ކުރަން ބޭނުން ނުވާ, ފުލުހުންގެ އިސް އޮފިސަރަކު "ދިޔަވަރަށް" ކިޔައިދިން ގޮތުގައި, އެއްވެސް ފުލުހަކާމެދު ނާއިންސާފުން އަމަލު ނުކުރާނެކަމަށް ވައުދުވެ, ރައީސް ކަމާއި ހަވާލުވި ޑރ. މުއިއްޒު މަގާމުގެ ގާނޫނީ ހުވާ ކުރެއްވިތާ ދެވަނައަށް ވީދުވަހު ކުއްލި ގޮތަކަށް އެންގެވީ މަންނާނާއި އަލީ ރަޝީދު އިސްތިއުފާ ދެއްވުމަށް ކަމުގައެވެ. އަދި އެ ދެބޭފުޅުންނަށް އެކަށީގެންވާ ވަގުތުވެސް ނުދެއްވާ މުއިއްޒު އެންގެވީ އޮތީ ދެ ގޮތެއް ކަމަށާއި, އެއީ ރިޓަޔަރ ކުރުން ނުވަތަ މަގާމުން ވަކި ކުރުން ކަމުގައެވެ.

އޭނާ އިތުރަށް ވިދާޅުވީ ދެބޭދުޅުން ކުއްލިގޮތަކަށް ފުލުހުންގެ މުވައްސަސާއާއި ވަކިވާން ޖެހުމަކީ މުއައްސަސާއަށް ލިބިގެންދާ ވަރަށް ބޮޑު އުނިކަމެކެވެ.

ފުލުހުންގެ މުވައްސަސާގައި އެތައް އަހަރެއް ވަންދެން އިޚްލާސްތެރިކަމާއެކު ވަޒީފާ އަދާކުރަމުން އަންނަ މި ދެބޭފުޅުން ދެކެ, ރައީސް މުއިއްޒު ކޯފާ އިސް ކުރައްވާ އިންޒާރު ދެއްވި ސަބަބެއް އެނގިފައި ނުވާކަމަށްވެސް މިނޫހަށް މައުލޫމާތު ދިން ފުލުހުންގެ އޮފިސަރު ވިދާޅުވެފައި ވެއެވެ.

ފުލުހުންގެ ފަރާތުން ރަސްމީކޮށް ހާމަކޮށްފައިވާގޮތުގައި ޑީސީޕީ އަބްދުލް މަންނާން އާއި ޑީސީޕީ އަލީ ރަޝީދު އަންނަ ހޮނިހިރު ދުވަހުން ފެށިގެން ރިޓަޔާ ކުރައްވަން ނިންމަވާފައިވާ ކަމަށެވެ. މިކަމާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ދެއްވާފައި ނުވެއެވެ.

ފުލުހުންގެ ގާނޫނު ބުނާގޮތުން ޑީސީޕީންގެ ގޮތުގައި ތިއްބަވާ ބޭފުޅުން މަގާމުން ވަކި ކުރުމުގެ ބާރު ރައީސަށް އޮވެއެވެ. އެހެންނަމަވެސް ފުލުހުންގެ އިސްމަގާމްތަކަށް ބޭފުޅުން އައްޔަން ކުރުމަށް ޝަރުތުތަކެއް ހުރެއެވެ.

މަންނާން އަކީ މީގެ ކުރިން ފުލުހުންގެ ވަޒީފާ އިން ވަކި ވެސް ކުރި ބޭފުޅެކެވެ. މަންނާން ޑެޕިއުޓީ ކޮމިޝަނަރަކަށް އައްޔަންކުރީ ނޮވެމްބަރު 19، 2018 ގަ އެވެ.

ފުލުހުންގެ މުއައްސިސާ ވަގުތީ ގޮތުން ހިންގެވުން މަންނާނާއޮ ހަވާލުކުރެއްވީ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ހަމީދު ރިޓަޔާ ކުރެއްވުމުންނެވެ.

ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި ވާ ގޮތުން ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމު ހުސްވެއްޖެ ނަމަ، ހުސްވާ ތާރީހުން ފެށިގެން 45 ދުވަހުގެ ތެރޭގައި އެ މަގާމަށް ބޭފުޅަކު އައްޔަން ކުރަން ޖެހެއެވެ. ޕޮލިސް ކޮމިޝަނަރަކަށް އައްޔަން ކުރަން ޖެހެނީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީގެ ރޭންކެއްގެ ބޭފުޅެކެވެ.

އާ ސަރުކާރުގައި މިހާތަނަށް ޕޮލިސް ކޮމިޝަނަރަކު ހަމަޖައްސާފައެއްނުވެއެވެ.