ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސް މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވެވަޑައިގަންނަވާ ނުވަތަ ހާޒިރުވެވަޑައިނުގަންނަވާ ހާލަތްތަކުގައި މަޖިލީހުގެ ރިޔާސަތު ބެލެހެއްޓޭނެ ފަސް މެންބަރުންގެ ލިސްޓު އަލުން އެކުލަވާލައި، އެ ލިސްޓުގައި މީގެ ކުރިން އޮތް ވިލުފުށީ ދާއިރާގެ މެންބަރުން ހަސަން އަފީފުގެ ނަން އުނިކޮށްފި އެވެ.
އަލަށް އެކުލަވާލި ލިސްޓާއި ތަރުތީބު މިއަދުގެ ޖަލްސާގައި އިއުލާނުކުރެއްވީ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ރިޔާސަތު ބަލަހައްޓަވާ ފަސް މެންބަރުންގެ ލިސްޓު އެކުލަވައިލެއްވީ މަޖިލީހުގެ ގަވާއިދުގެ 43 ވަނަ މާއްދާގެ ދަށުންނެވެ.
ރިޔާސަތު ބަލަހައްޓަވާ ފަސް މެންބަރުންނާއި ހިދުމަތް ކުރެއްވި މުއްދަތު
- މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމު މުހައްމަދު - ފެބްރުއަރީ 27, 2007 އިން ފެށިގެން މިއަދާ ހަމައަށް މެދުކެނޑުމެއްނެތި 18 އަހަރާއި އަށް މަސްދުވަސް
- މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް - މެއި 28, 2009 އިން ފެށިގެން މިއަދާ ހަމައަށް މެދުކެނޑުމެެއްނެތި 14 އަހަރާއި ފަސް މަސްދުވަސް
- އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް - މެއި 28, 2009 އިން ފެށިގެން މިއަދާ ހަމައަށް މެދުކެނޑުމެެއްނެތި 14 އަހަރާއި ފަސް މަސްދުވަސް
- ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ - މެއި 28, 2009 އިން ފެށިގެން މިއަދާ ހަމައަށް މެދުކެނޑުމެެއްނެތި 14 އަހަރާއި ފަސް މަސްދުވަސް
- ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު - މެއި 28, 2009 އިން ފެށިގެން މިއަދާ ހަމައަށް މެދުކެނޑުމެެއްނެތި 14 އަހަރާއި ފަސް މަސްދުވަސް
އަސްލަމު ވިދާޅުވި އެވެ.
މި އިއްޒަތްތެރި މެންބަރުންގެ ތަރުތީބު ކަނޑައަޅާފައިވަނީ މަޖިލީހުގެ ގަވާއިދުގެ 43 ވަނަ މާއްދާގެ (ހ) އާއި (ނ) ގައިވާ ގޮތުގެ މަތިން އެ މެންބަރުންގެ މެންބަރުކަމުގެ މުއްދަތަށް އިސްކަންދީގެން އަދި އެ މެންބަރަކު މުއްދަތު ހަމަހަމަވެފައިވާ ހިނދު ތަރުތީބުކޮށްފައިވަނީ މަޖިލީހުގެ ގަވާއިދުގެ 43 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން އެ އިއްޒަތްތެރި މެންބަރުންގެ އުމުރުގެ ދޮށި ކަމަށް އިސްކަންދެވިގެން"