ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ވަޒީރުންގެ މަޖިލީހަށް އައްޔަންކުރެއްވި ބޭފުޅުންގެ ނަންތައް މަޖިލީހަށް ފޮނުވައިފިއެވެ.
ގާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ހ) ގެ ދަށުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި އައްޔަންކޮށްފައިވާ 22 ބޭފުޅުންގެ ނަން، މަޖިލީހަށް ފޮނުއްވީ ގާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތީން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށްޓަކައެވެ.
ވަޒީރުންގެ މަޖިލީހަށް މި 22 މެންބަރުން އައްޔަނު ކުރައްވާފައިވަނީ މި މަހުގެ 17 ވަނަ ދުވަހުއެވެ.
އަލަށް އެކުލަވާލާ ކެބިނެޓުގައި ހިމެނިވަޑައިގަންނަވަނީ:
އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާ: މުހައްމަދު ސައީދު
ފަތުރުވެރިކަމާ ބެހޭ ވުޒާރާ: އިބްރާހިމް ފައިސަލް
ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ: ޑރ. ހައިދަރު އަހުމަދު
ޞިއްޙީ ވުޒާރާ: ޑރ. އަބްދުﷲ ހަލީލް
ތަޢުލީމީ ވުޒާރާ: ޑރ. އިސްމާއިލް ޝަފީއު
މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ: ތޯރިގު އިބްރާހިމް
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ: ޑރ. އައިޝަތު ޝިހާމް
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާ: މުހައްމަދު އަމީން (ކެޕްޓަން އަމީން)
ޚާރިޖީ ވުޒާރާ: މޫސާ ޒަމީރު
ދިފާޢީ ވުޒާރާ: ގައްސާން މައުމޫން
ލޯކަލް ގަވަރުނަންސް މިނިސްޓްރީ: އާދަމް ޝަރީފް އުމަރު
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ: އަހުމަދު ޝިޔާމް
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ: އަލީ އިހުސާން
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާ: ޑރ. މަރިޔަމް މާރިޔާ
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ: ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ: ޑރ. އަބްދުﷲ ރާފިއު
މާލީ ވުޒާރާ: ޑރ. މުހައްމަދު ޝަފީގު.
ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ: އާދަމް ނަސީރު އިބްރާހިމް
ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާ: އިބްރާހިމް ވަހީދު (އަސްވާޑު)
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ: ޑރ. އައިޝަތު ރަމީލާ
އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ: ޑރ. އަބްދުﷲ މުއްތަލިބު