ޚަބަރު

ރައީސް މުއިއްޒު، ސިފައިންނާ ބައްދަލުކުރައްވައިފި! މާފަށް އެދިވަޑައިގެންފައެއް ނުވޭ!

ދިޔަވަރު
ރައީސް މުއިއްޒު، ސިފައިންނާ ބައްދަލުކުރައްވައިފި! މާފަށް އެދިވަޑައިގެންފައެއް ނުވޭ!

ރައީސް ޑރ. މުހައްމަދު މުއިއްޒު ސިފައިންނާ ފުރަތަމަ ފަހަރަށް ބައްދަލުކުރައްވައިފިއެވެ.

ޑރ. މުއިއްޒު ހިމެނޭހެން އެމަނިކުފާނު ނިސްބަތް ވަޑައިގަންނަވާ ޕާޓިއިން ސިފައިންގެ އިއްޒަތާއި އަބުރަށް އުނިކަން އަންނަހެން ދޮގު މައުލޫމާތު ވަނީ ފަތުރާފައެވެ. ވެރިކަމަށް ވަޑައިގަތީ ދިވެހި ރާއްޖޭގެ އަސްކަރިއްޔާގެ ބާރުތައް އިންޑިޔާގެ އަތް މައްޗަށް ގޮސްފައިވާކަމަށް ބުނެ ދޮގު ޚަބަރާއި، ދޮގު ވާހަކަ އާއި، ދޮގު ފަތުވާ ނެރެގެންނެވެ. އިންތިހާބަށް ދެތިންދުވަހަށް ވެފައިވަނިކޮށް ދިވެހި ސިފައިންގެ ބާރުގެ ދަށުގައިވާ އުތުރު ތިލަފަޅަށް މުއިއްޒުގެ ކެމްޕެއިން ޓީމުން ވަޑައިގެން، ސިފައިންނާއި ކުރިމަތި ލާފައި އެއީ އިންޑިޔާގެ ތަނެއް ކަމަށް ބުނެ، ސިފައިންނާއި ޖަދަލު ކޮށްފައިވެއެވެ. ނަމަވެސް، މިއިން އެއްވެސް ކަމަކަށް މުއިއްޒު ސިފައިންގެ އަރިހުން މާފަށް އެދިވަޑައިގެންފައި ނުވެއެވެ.

ގިނަ ބަޔަކު ޤަބޫލު ކުރާ ގޮތުގައި ސިފައިންނާއި ގުޅުވައިގެން އެބޭފުޅުންގެ ޤަދަރަށް އުނިކަން އަންނަހެން މުއިއްޒު ނިސްބަތްވާ ޕީޕީއެމް/ޕީއެންސީ އިން ދައްކާފައިވާ ދޮގު ވާހަކަތަކަށް އެޕާޓީގެ ފަރާތުން ސިފައިންގެ ކިބައިން މާފަށް އެދެން ޖެހެއެވެ.

ރާއްޖޭގައި 2000 ވުރެ ގިނަ އިންޑިޔާ ސިފައިން ތިބި ކަމަށް ބުނެ، ދެއްކި ވާހަކަތައް އަމިއްލަ ފުޅަށް ސަރުކާރަށް ވަޑައިގެން އިއްޔެ ދެއްވި ޕްރެސްގައި ވަނީ ދޮގު ކުރައްވާފައެވެ. އަދި ރާއްޖޭގައި އިންޑިޔާ ސިފައިންގެ ޕައިލެޓުން ނާއި، ޓެކްނިކަލް ސްޓާފުންގެ ގޮތުގައި، ކުރިން ރައީސް ސޯލިހް ސަރުކާރުން ހާމަ ކޮށްފައިވާ އަދަދަށް 77 ސިފައިން ތިބިކަމަށް ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ވިދާޅުވެފައެވެ.

ސިފައިންގެ މުއައްސަސާ ސިޔާސީ ކަންކަމުން ދުރުކޮށް، އެ މުއައްސަސާއަށް ލިބިދޭން ޖެހޭ ގަދަރު ހޯދައި ދިނުމަށް ރައީސް ސޯލިހްގެ ސަރުކާރުން މަސައްކަތް ކުރައްވާފައިވެއެވެ.

ސިފައިންނާއި ބައްދަލު ކުރެއްވުމަށް ރައީސް މުއިއްޒު ބަންޑާރަކޮށްޓަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ޗީފް އޮފް ޑިފެންސް ފޯސްއާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަދި، ޤައުމީ ދިފާޢީ ބާރުގެ ޖެނެރަލް އޮފިސަރުންނެވެ. އަދި ޝަރަފުގައި ދިވެހި ސިފައިން ވަނީ ގާޑް އޮފް އޮނަރއެއް އަރުވާފައެވެ.