ޚަބަރު

އަރައްބިޔާގެ މަސްލަހަތު ނަގާލުމުގައި ބައިވެރިވި ޝުޖާއަށް އަރަބިއްޔާގެ ޕްރިންސިޕަލް ކަން ދެއްވައިފި!

ދިޔަވަރު
އަރައްބިޔާގެ މަސްލަހަތު ނަގާލުމުގައި ބައިވެރިވި ޝުޖާއަށް އަރަބިއްޔާގެ ޕްރިންސިޕަލް ކަން ދެއްވައިފި!

މަގާމުން ވަކިކުރި އަރަބިއްޔާގެ ކުރީގެ ޕްރިންސިޕަލް މުހައްމަދު ޝުޖާއުއަށް އަލުން އަނބުރާ އެ ވަޒީފާ ނުކުމެއްޖެއެވެ.

އަރަބިއްޔާގެ ޕްރިންސިޕަލްގެ މަގާމުގައި ހުރި ޝުޖާއު އެ މަގާމުން ވަކިކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އެ ސްކޫލްގެ ޕްރިންސިޕަލް ކަމުން ވަކިކޮށް ނޭޝެނަލް އިންސްޓްޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އެޑިއުކޭޝަނުން ޝުޖާއު ބަދަލުކުރިއެވެ.

އަރަބިއްޔާގެ މަސްލަހަތު ނަގާލައި، މަދު ބެލެނެވެރިން ތަކަކާއި އެކު، އަރަބިއްޔާ ވަކި ގޮތަކަށް ހިންގުމަށް ސަރުކާރާއި ދެކޮޅަށް މަސައްކަތް ކޮށްފައިވާ ޝުޖާއަށް އަރަބިއްޔާގެ ޕްރިންސިޕަލް ކަން ދީފައިވަނީ، މުއިއްޒު އަރަބިއްޔާގެ ބެލެނެވެރިންނާއި ކެމްޕެއިން ތެރޭ ބައްދަލުކޮށް ވެ ވަޑައިގެންނެވި ވައުދަކާއި ގުޅިގެން ކަމަށް މައުލޫމާތު ލިބެއވެެ.