ރާއްޖޭގައި 2000 ވުރެ އިންޑިޔާ ސިފައިން ތިބި ކަމަށާއި، ރާއްޖެއަށް ނިއުކްލިއަ ހަތިޔާރު ބަހައްޓަށް އިންޑިޔާ ސަރުކާރުން އުޅޭ ކަމަށް ބުނެ ދިޔަރެސް ނޫހުގައި ލިޔެފައިވާ ލިޔުންތައް ބަދަލު ކުރަން ފަށައިފިއެވެ.
ރާއްޖޭގައި 2000 ވުރެ ގިނަ އިންޑިޔާ ސިފައިން ތިބި ކަމަށް ބުނެ، ރާއްޖެއާއި އިންޑިޔާއާއި ދެމެދުގެ އޮތް ގާތް ގުޅުމަށް ބުރޫ އަރާހެން ފަތުރާފައިވާ ދޮގު ވާހަކަ ތަކުގެ ސަބަބުން ދެޤައުމުން މިހާރުވަނީ ރާއްޖޭގައި ހުރި އިންޑިޔާގެ ވައިގެ އުޅަނދުތައް ކުރިއަށް އޮތްތާގައި ބޭނުން ކުރާނެ ގޮތަކާއި ގުޅޭގޮތުން ދެފަރާތުން މަޝްވަރާ ކުރަން ނިންމާފައެވެ.
ހައްދުފަހަނައެޅި ޤައުމިއްޔަތުގެ ސިޔާސީ ކެމްޕެއިނެއްގެ ތެރެއިން، އިންޑިޔާ އާއި ރާއްޖެއާއި ދެމެދު އޮތް ގުޅުން އޮޅުވާލައިގެން ޕީޕީއެމް/ޕީއެންސީއިން ކެމްޕެއިން ކޮށް ވެރިކަން ހޯދުމަށްފަހު، އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭގައި ތިބީ އެންމެ 77 ސިފައިން ކަމަށް ވަނީ ބުނެފައެވެ. މިއީ މީގެ ކުރިންވެސް ސަރުކާރުން ހާމަކޮށްފައިވާ އަދަދެވެ.
މި ގޮތަށް ލިޔެފައި ލިޔުން ބަދަލު ކުރުމާއެކު، ކުރީގެ ލިޔުންތައް ބެލޭ ގޮތަށް ހުންނަ ވެބްސައިޓަކުން އަސްލު ލިޔުން ހޯދައިގެން އޭގެ ސްކްރީން ވީޑިއޯ ނަގައި X ގައި އެކި ފަރާތްތަކުން ދަނީ ޓްވީޓްކޮށް، ދިޔަރެސް ނޫހުން، އަޒާން ހަދާފައިވާ ދޮގުތަކުގެ ޒިންމާ އޭނާ ނަގަން ޖެހޭނޭ ކަމަށް ބުނެ ފާޑު ކިޔަމުންނެވެ.
ޕީޕީއެމް ކުރީ ސަރުކާރުން ރާއްޖެ އާއި ޤައުމުތަކާއި ގުޅުން ކަނޑާލައި، ދުނިޔޭގެ އިން ރާއްޖެ ބާކީ ކޮށްފައި އޮއްވާ، ގުޅުންތައް ރަނގަޅުކޮށް، ފުރިހަމަ ޚާރިޖީ ސިޔާސަތެއް ރައީސް ސޯލިހުގެ ސަރުކާރުގައި ބޭއްވިއެވެ. ދިވެހިރާއްޖޭގެ ގިނަ ރައްޔިތުން ބޭނުންވަނީ، އިންޑިޔާއާއި، އަދި އެހެން ގައުމުތަކާއިވެސް ރާއްޖެއާއި ބަދަހި ގުޅުމެއް އޮންނަ ޚާރިޖީ ސިޔާސަތެކެވެ.