މުއިއްޒު ވަނީ ވެރިކަމުގެ ދެވަނަ ދުވަހު ކޯޓުގެ ތެރެއަށް އަތް ބާނައި، އެއްޖުންސުން ގުޅުން ހިންގައިގެން، ކުރިއަށްދާ ނަޝީދުގެ ކޮއްކޯފުޅުގެ މައްސަލަ ބާތިލު ކޮށްދީފައެވެ. ކޯޓުން މައްސަލަ ބާތިލު ކޮށްފައިވަނީ ރައީސް މުއިއްޒުގެ އަންގައިގެން ޕީޖީއިންނެވެ.
ބަންގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރުއާއެކު އެއްޖިންސުން ގުޅުން ހިންގައި އެކަމަށް އަމިއްލައަށް އިއުތިރާފުވުމުން އެ މައްސަލަ ސާބިތުވެ ދަށު ކޯޓުން ނާޒިމް ސައްތާރުގެ މައްޗަށް ކޮށްފައިވާ ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފައި ވަނިކޮށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެދިގެން އެ މައްސަލަ ހައި ކޯޓުން އިއްޔެ ބާތިލު ކޮށްފައި ވަނީ، ނަޝީދު އާއި މުއިއްޒާއި ދެމެދު ހެދިފައިވާ ޑީލެއްގެ ދަށުންކަން ދިޔަވަރު ނޫހަށް މައުލޫމާތު ލިބިއްޖެއެވެ.
ރައީސް ސޯލިހް އާއި، ރައީސް ނަޝީދާއި ދެމެދު މައްސަލަ ގޯސްވެފައިވަނީ، ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ހައްޔަރު ކުރުމާއި ގުޅިގެންނެވެ. ޕީޕީއެމް ފަޅިއަށް އަރައި، ރައީސް ސޯލިޙް އާއި ދެކޮޅަށް ނުކުންނާނެ ކަމަށް ފާޅުގައި، އެމަނިކުފާނުގެ ފަހަތްޕުޅުގައި އުޅުއްވާ މަޖިލިސް މެމްބަރުން ކައިރީ ވިދާޅުވީ ނާޒިމް ހައްޔަރު ކުރުމާއި ގުޅިގެންނެވެ.
އެއަށް ފަހު، އެމްޑީޕީއަށް ނުކުމެ ވަޑައިގެން ޑިމޮކްރެޓްސް ހައްދަވައި، ޕީޕީއެމް އާއި ގުޅިގެން އާ ސަރުކާރު ގެންނަން މަސައްކަތް ފެއްޓެވިއެވެ.. މި މަސައްކަތުގެ އެންމެ ބޮޑު ރޯލެއް އަދާކުރީ، ކޮއްކޯފުޅު ހައްޔަރު ކުރުމުން ހިތަށް ކުރި އަސަރެވެ.
ނަޝީދުވަނީ އެމަނިކުފާނުގެ ނުފޫޒު ޕީޖީގެ މައްޗަށް ފޯރުވައި، ގާނޫނު ތަންފީޒު ކުރުމަށް ޕީޖީއަށް ހުރަސް އަޅާފައެވެ. އެހެންކަމުން މި މައްސަލާގައި ޕީޖީއިން ކަންތައް ކޮށްފައިވަނީ އިންސާފުން ބޭރުން، ރައީސް ނަޝީދު އެދިލެއްވި ގޮތަށް ދޫ ދެއްވަމުންނެވެ.
ރައީސް ނަޝީދު މަސައްކަތް ކުރަމުންދަނީ، ޑިމޮކްރެޓްސް މެދުވެރިކޮށް ރާއްޖޭގައި ތިބި އެއްޖިންސުން ގުޅުން ހިންގާ ފަރާތަކަށް އެމީހުންގެ ހައްޤު ހޯދައިދީ، އެކަމަށް ވަކާލާތު ކުރާ ހަމައެކަނި ޕާޓިއަކީ ޑިމޮކްރެޓްސް ކަމަށް ބުނެ، ހުޅަނގުން ދަނީ ފައިސާވެސް ހޯދަމުންނެވެ.