ޚަބަރު

ޒަކާތު ފަންޑަށް އަނެއްކާވެސް ޝަހީމުގެ އަތް: އާއިލާ ބޭފުޅުންނަށް ހަދީޔާއަށް ޒަކާތު ފަންޑުން ހަރަދު ކޮށްފައިވޭ! ހީލަތްތެރި ރޭވުމެއްގެ ތެރެއިން ޒަކާތުގެ %15 ޝަހީމަށް!

ދިޔަވަރު
ޒަކާތު ފަންޑަށް އަނެއްކާވެސް ޝަހީމުގެ އަތް: އާއިލާ ބޭފުޅުންނަށް ހަދީޔާއަށް ޒަކާތު ފަންޑުން ހަރަދު ކޮށްފައިވޭ! ހީލަތްތެރި ރޭވުމެއްގެ ތެރެއިން ޒަކާތުގެ %15 ޝަހީމަށް!

ޒަކާތު ހައުސެއް އުފައްދައި ޒަކާތުގެ ކަންތަކަށް ސީދާ ޝަހީމުގެ ބާރު ފޯރުވޭ ގޮތަށް ބަދަލު ކުރުމަށް ނިންމައިފިއެވެ. މިގޮތުން ޝަހީމު "އަދަދު" ނޫހަށް ދިން އިންޓަވިއުއެއްގައި އެއީ ކުރެވޭނޭ ކަމެއް ކަމަށް ބުނެ، އެކަމުގެ އަސްލު އޮޅުވާލުމަށް މަސައްކަތް ވަނީ ކޮށްފައެވެ.

ޝަހީމް ވިދާޅުވި ގޮތުގައި ޒަކާތާ ބެހޭ އޮފީސް ހިންގަން ޒަކާތުގެ އާމިލުންގެ (އެ މަސައްކަތުގައި އުޅޭ މީހުންގެ) ބައިން ހަރަދުކުރެވޭނެ ކަމަށް އިސްލާމީ ގައުމުތަކުން ވަނީ އިޖުތިހާދުކޮށްފަ (އެއް ބަސް ވެފަ) އެވެ.

ޒަކާތު ހައުސެއް ހަދަން ކަމަށް ބުނެ ޒަކާތު ފައިސާގެ %12 އާއި، %15 އާއި ދެމެދުގެ އަދަދެއް މިގޮތަށް ނެގުމަށް ޝަހީމް ރާވާފައިވާކަން ވަނީ އެނގިފައެވެ. މި ކަމުގެ ސަބަބުން ޒަކާތު ފައިސާ ޝަހީމުގެ ބާރުދަށުން، ނާޖާއިޒު ގޮތުގައި ބޭނުންކުރަން ފުރުޞަތު ލިބުމުގެ އިތުރަށް، ޒަކާތް ހައްޤުވެގެންވާ ފަރާތްތަކަށް ލިބޭ %15 ފައިސާ މަދުވެގެން ދާނެއެވެ. މިހާތަނަށް ޒަކާތުގެ ބެހުމުގެ އިންތިޒާމު ހަމަޖައްސަން، ކުރަންޖެހޭ ހަރަދެއް ކުރަމުންދަނީ ދައުލަތުންނެވެ. އެއީ އެކަމުގައި އެންމެ އިސްރާފު ކުޑަ ރަނގަޅު ގޮތެވެ.

ޒަކާތުގެ ހާއްސަ އިދާރާއެއް ހަދައިފިއްޔާ، އެ އިދާރާއެއް ވާނޭ ޒަކާތުގެ އާމިލަށް. މާނައަކީ ޒަކާތު ހައުސް އެއް އެސްޓެބްލިޝްވެގެން އަންނައިރުގައި އެ އޮފީސް އެސްޓެބްލިޝްވަނީ ޒަކާތުގެ އާމިލެއްގެ ގޮތުގައި އަަޅުގަނޑުމެން ބޭނުން ނަމަ ހެދިދާނޭ!

ޝަހީމް ވިދާޅުވި އެވެ.

ރައީސް ވަހީދުގެ ސަރުކާރުގައި، އޭރު އިސްލާމިކް މިނިސްޓަރގެ ގޮތުގައި ހުންނަވައި، ޝަހީމުގެ މަސްލަހަތަށް ޒަކާތުގެ ފައިސާ ބަހާފައިވާ ލިސްޓެއް ލީކްވިއެވެ. ޝަހީމު ބަހާފައިވާ ފައިސާ ތެރޭގައި، ޝަހީމުގެ ގާތްކަން އޮންނަ ކްލަބް ޖަމިއްޔާތަކަށް ފައިސާ ދޫކޮށްފައިވެއެވެ. މީގެ އިތުރުން ޝަހީމު އާއި ގާތް ފަރާތްތަކަށް ލައްކައިން ޒަކާތު ފައިސާ ދީފައިވާކަން އޭރު ހާމަ ވިއެވެ. އޭގެ ތެރެއިން %35 މީހުންނަކީ ޝަހީމުގެ އުފަން ރަށް ކަމުގައިވާ ގއ. މާމެންދޫ މީހުންނާއި އާއިލީ މީހުންނެވެ.