ވެރިކަން ކުރާ ޕީއެންސީއަށް ވަކި އޮފީހެއް ގާއިމުކޮށް ޕީއެންސީގެ ދަފުތަރަށް ޕީޕީއެމް އިން 10،000 މެންބަރުން ގެނައުމަށް މަސައްކަތް ފަށައިފި އެވެ.
ޕްރޮގުރެސިވް ކޯލިޝަނަށް ނިސްބަތްވާ ޕީއެންސީގެ މަސައްކަތްތައް މީގެ ކުރިން ކުރަމުންދިޔައީ ހ. ހުރަފާގައި ހުންނަ ޕީޕީއެމްގެ އޮފީހުގަ އެވެ. ނަމަވެސް ވެރިކަމަށް އައުމަށްފަހު ޕީއެންސީގެ މަސައްކަތްތައް ވަކި އޮފީހަކަށް ބަދުލުކޮށްފައި ވާކަން، ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް، މުހައްމަދު ތޮލާލް ވަނީ ކަށަވަރު ކޮށްދެއްވައިފަ އެވެ.
މިއީ ޕީޕީއެމް މެމްބަރުން ޕީއެންސީ އަށް ސޮއި ނުކުރުމަށް ރައީސް ޔާމީނު ވިދާޅުވެފައި ވަނިކޮށް، އެކަމަށް ގޮންޖައްސަވައި ރައީސް ޑރ މުއިއްޒު ފެއްޓެވި މަސައްކަތެކެވެ.
ތޮލާލު ވިދާޅުުވި ގޮތުގައި ވަކި އޮފީހެއް ހަދައި މެމްބަރުން އިތުރުކުރުމުގެ މަސައްކަތް ކުރަނީ ޕީއެންސީއަށް 10،000 މެމްބަރުން ހަމަކުރަން ރައީސް ޑރ.މުހައްމަދު މުއިއްޒު އެދިވަޑައިފެންފައި ވާތީ އެވެ.