އިންތިހާބުގެ ދެވަނަ ބުރުގައި ރައްޔިތުންގެ ވޯޓުން ހޮވިވަޑައިގެން އިންތިގާލީ މަރުހަލާގައި އަލް ޖަޒީރާއަށް މުއިއްޒު ދެއްވި އިންޓަވިއުގައި، ރާއްޖޭގެ ދަރަނީގެ ދެބައިކުޅަ އެއްބައެއްވުރެ ބޮޑު ޕަސެންޓެއް ދައްކަން އޮތީ އިންޑިޔާއަށް ކަމަށް ވިދާޅުވި ވިދާޅުވުމަކީ އިތުރުފުޅެއްކަން ހާމަ ވެއްޖެއެވެ.
ދަރަންޏާއި ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީއިން އާންމު ކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެއިން ބޭރުން ނަގާފައިވާ ދަރަނީގެ ތެރެއިން އެންމެ ބޮޑު އަދަދެއް ދައްކަން އޮތީ ޗައިނާ އަށެވެ.
ޗައިނާއަށް ދައްކަން ޖުމްލަ 1،118.24 މިލިއަން ޑޮލަރު އޮތް އިރު، އިންޑިޔާއަށް ދަރާފައިވަނީ 559.56 މިލިއަން ޑޮލަރެވެ. އެއީ ބޭރު ޤައުމުތަކަށް ރާއްޖެ ދަރާފައިވާ ޖުމްލަ ދަރަނީގެ %16.9 އެވެ. މި އަހަރުގެ ނިޔަލަށް ރާއްޖެއިން ބޭރުގެ ދަރަނީގެ ގޮތުގައި ރިކޯޑް ކުރެވިފައިވަނީ ޖުމްލަ 3305.99 މިލިއަން ޑޮލަރެވެ.
އަލްޖަޒީރާއަށް ދެއްވި އިންޓަވިއުގައި ރާއްޖޭގެ ދަރަނީގެ ދެބައިކުޅަ އެއްބައެއްވުރެ ބޮޑު ބަޔަކީ އިންޑިޔާއަށް ދައްކަން ޖެހޭ ދަރަނިކަމަށް ބުނެ، މުޅި ދުނިޔެ އަށް އިތުރުފުޅު ހެއްދެވި އިރު ބޮޑު އަދަދެއް ދައްކަން އޮތީ ޗައިނާ އަށެވެ. އަދި އިންޑިޔާއަށް ދައްކަން އޮތީ ދަރަނީގެ އެންމެ %16.9 އެވެ.
ވެރިކަން ހޯދުމަށްޓަކައި އިންޑިޔާ ބަދުނާމުކޮށް، ހައްދުފަހަނަ އެޅި ޤައުމިއްޔަތުގެ ކެމްޕެއިނެއް ޕީޕީއެމް އިން ވަނީ ކޮށްފައެވެ. މި ކެމްޕެއިނުގައި ރައްޔިތުންނަށް އޮޅުވާލައި، ކަނޑައެޅިގެން ދޮގު މައުލޫމާތު ފަތުރާފައިވެއެވެ.