ޚަބަރު

1500 ޓަނުގެ ބޯފެން ރާއްޖެއަށް ގެނައުމުގެ ނަމުގައި، ޗައިނާގެ ހަތިޔާރުއެޅި މަނަވަރެއް ރާއްޖެ ގެންނަން މުއިއްޒު މަޝްވަރާ ކޮށްފި!

ދިޔަވަރު
1500 ޓަނުގެ ބޯފެން ރާއްޖެއަށް ގެނައުމުގެ ނަމުގައި، ޗައިނާގެ ހަތިޔާރުއެޅި މަނަވަރެއް ރާއްޖެ ގެންނަން މުއިއްޒު މަޝްވަރާ ކޮށްފި!

އެއްހާސް ފަސްސަތޭކަ ޓަނުގެ ބޯފެން ރާއްޖެއަށް ގެނައުމުގެ ނަމުގައި ރާއްޖެއަށް ހަތިޔާރު އެޅި ޗައިނާގެ މަނަވަރެއް ގެނައުމަށް މުއިއްޒު މަޝްވަރާ ކުރައްވައިފިއެވެ. މިއަދު ރައީސް އޮފީހުގައި ޗައިނާގެ ޒިޒަންގ އޮޓޮނޮމަސް ރީޖަންގެ ޗެއަރމަން ޔާން ޖިންހައި އާއި އޭނާގެ ވަފްދާއި ބައްދަލުކޮށް ކުރެއްވި މަޝްވަރާއަށް ފަހު، މިކަމާއި އިތުރަށް ވާހަކަ ދައްކާފައި ވަނީ ވަކިން ބޭއްވި ބައްދަލުވުމެއްގައި ކަމަށް ރައީސް އޮފީސް ބޭފުޅަކު ނަން ނުޖެހުމަށް އެދި ދިޔަވަަރަށް ވަނީ މައުލޫމާތު ދެއްވާފައެވެ. ޗެއަރމަން ޔާން ޖިންހައި އަކީ ޗައިނާ ސަރުކާރުގެ ނުފޫޒުގަދަ ބާރުގަދަ ބޭފުޅެކެވެ.

ޗައިނާގެ ޗެއާރމަން އާއި އޭނާގެ ވަފްސުގެ ރަސްމީ ބައްދަލުވުމުގެ ތަފްސީލު ރައީސް އޮފީސް ވެބްސައިޓުގައި މިއަދު ވަނީ އާންމުކޮށްފައެވެ. ނަމަވެސް ސިއްރު ބައްދަލުވުމުގެ ތަފްސީލެއް އޭގައި ހިމަނާފައެއް ނުވެއެވެ.

1،500 ޓަނުގެ ބޯފެން ރާއްޖެ ގެންނަން ނިންމި ނިންމުމަކީ ޗައިނާއިން ދިވެހިންނަށް ކުރި މަލާމާތެކެވެ. އަދި އެއީ މަނަވަރު ގެނައުމުގެ އުޒުރެއް ގޮތުގައި ބަލައި، ރަސްމީ ލިޔެކިޔުންތަކުގައި ފެން ގެނައި ކަމަށް ލިޔުމަށް ކުރަން ރާވާފައިވާ ކަމެކެވެ. ދިވެހިންނަކީ ބޯފެނަށް ޖެހިގެން އުޅޭ ބަޔަކަށް ނުވާއިރު، އަދި ރާއްޖެއަކީ އެވަރަށް ފަގީރު، އެފްރިކާގެ ނިކަމެތި ޤައުމުތައް ފަދަ ޤައުމަކަށް ނުވާއިރު، ރާއްޖެއަށް ބޭނުން ޖެހިފައިވާ ނުވާ އެއްޗެއް ގެންނަނީ، އެކަން އުޒުރެއް ގޮތުގައި ދައްކައިގެން ރާއްޖޭގައި ހަނގުރާމަ މަތީ މަނަވަރެއް ބޭއްވުމަށެވެ.

މިއީ އިންޑިޔާ ކަނޑުގައި ޗައިނާގެ މިލިޓަރީ ބާރު، އެމެރިކާއަށާއި، އިންޑިޔާއަށް ދައްކާލުމަށްޓަކައި، ރާއްޖޭއާއި ގުޅިގެން ޗައިނާއިން ކުރިއަށް ގެންދަން ރާވަމުންދާ ކަމެއް ކަމުގައި ބެލެވެއެވެ.

ރާއްޖޭގެ ހުރިހާ ރަށަކަށް ބޯފެނުގެ ޚިދުމަތް ރައީސް ސޯލިޙްގެ ސަރުކާރުން ވަނީ ފޯރު ކޮށްދީފައެވެ. އިތުރަށް ރާއްޖެއަށް ބޯފެން ފޯރުކޮށްދިނުމުގައި އެހީތެރިކަމެއް ޗައިނާއިން ދޭން އެދޭ ނަމަ، 1،500 ޓަނުގެ ޕްލާސްޓިކް ފެންފުޅި ރާއްޖެއަށް ގެނައުމުގެ ބަދަލުގައި، އާބާދީ ބޮޑެތި ރަށްރަށުގައި އިތުރު ފެން ޕްލާންޓް ބެހެއްޓުމަށް އެހީތެރިކަން ފޯރުކޮށްދެވިދާނެއެވެ. ނަމަވެސް ޗައިނާ އިން ބޭނުން ވަނީ ބޯފެނުގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ ނަމުގައި ހަނގުރާމަ މަތީ ބޮޑެތި މަނަވަރުތައް ރާއްޖެ ގެނައުމަށެވެ.