އިސްލާމީ މަރުކަޒުގެ އިސް އިމާމުގެ ދަރަޖަ މިނިސްޓަރު ފެންވަރަށް މަތިކުރައްވައި، އެ މަގާމަށް ރައީސް މުއިއްޒުގެ އަނބިކަބަލުން ސާޖިދާގެ ބޮޑުބޭބެ މުހައްމަދު ލަތީފް އައްޔަންކުރައްވައިފި އެވެ.
އެހެންކަމުން މުސާރައާއި އިނާއަތްތައް ލިބިގެންދާނީ މިނިސްޓަރ ލެވެލްގައެވެ.
ރައީސް އޮފީހުން ބުނީ އިސްލާމީ މަރުކަޒުގެ އިސް އިމާމުގެ މަގާމަށް ޝައިހް މުހައްމަދު ލަތީފު އައްޔަންކޮށްފައިވާ ކަމަށެވެ.
އޭނާ މީގެ ކުރިން ވެސް ހުންނެވީ އިސްލާމީ މަރުކަޒުގެ އިމާމުގެ މަގާމުގަ އެވެ.
މުއިއްޒު ދަނީ ދެފަރާތުގެ އާއިލާގެ ގިނަބަޔަކަށް ވަޒީފާ ދެމުންނެވެ.