ޚަބަރު

"ޔާމީން ކޮމިޓީ" ސައްހައެއް ނޫން! މުއިއްޒު ވަނީ ޕީޕީއެމް ހައިޖެކް ކޮށްފައި!

ދިޔަވަރު
"ޔާމީން ކޮމިޓީ" ސައްހައެއް ނޫން! މުއިއްޒު ވަނީ ޕީޕީއެމް ހައިޖެކް ކޮށްފައި!

ޕީޕީއެމް ހިންގަން، ކުރީގެ ރައީސް އަބްދުﷲ ޔާމީނު ނެންގެވި ސްޓިއަރިން ކޮމިޓީއެއް ކަމަށް ބުނެ، އެޕާޓީގެ އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކި ބައެއް ވާހަކަ އެޕާޓީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލު ދޮގުކުރައްވައިފި އެވެ.

ޕީޕީއެމްގެ އޮފީހުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރީގެ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އައްބާސް އާދިލު ރިޒާ ވިދާޅުވީ އެޕާޓީގެ ސެކްރެޓަރީ ޖެނެރަލް (ތޮލާލް) ދުވަހުން ދުވަހަށް ޕާޓީ ހިންގުމުގެ މަސްއޫލިއްޔަތުތައް އަދާކުރެއްވުމަށް އުޒުރުވެރިވެވަޑައިގަންވާ ކަން ރައީސް ޔާމީނަށް އަންގަވާފައިވާ ކަމަށެވެ. އެޕާޓީގެ ތަރުޖަމާނުކަމުން ހީނާ ވަލީދު އިސްތިއުފާދެއްވާފައިވާ ކަމަށް ވެސް އައްބާސް ވިދާޅުވި އެވެ. ހީނާ އާއި، ތޮލާލު ވަނީ މިކަން ދޮގު ކޮށްފައެވެ. ތޮލާލް މިވަގުތު ހުންނެވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަލަށް އެކުލަވާލައްވަމުން ގެންދަވާ ސަރުކާރުގެ ސްޕޯޓްސް ކޮމިޝަނަރުގެ މަގާމުގައެވެ.

ތޮލާލް މިރޭ ދުވަހު ނޫހަކަށް މައުލޫމާތު ދެމުން ވިދާޅުވީ އޭނާ އަދިވެސް ހުންނެވީ ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ކަމަށެވެ. ތޮލާލް ރައީސް ޔާމީނަށް ތާޢީދެއް ނުކުރައްވައެވެ. ތޮލާލް ހުންނެވީ މުއިއްޒާއި އެކު ކަމުން، ޕާޓީ ހިންގުމުގެ އެއްވެސް ބާރެއް ޤަވާއިދުގެ ތެރެއިން ޔާމީނަށް ނުލިބެއެވެ. މުއިއްޒު ވަނީ ޕީޕީއެމް ހައިޖެކް ކޮށްފައެވެ. ރައީސް ޔާމީނަށް ޕާޓީގެ މައްޗަށް އެއްވެސް ބާރެއް ނެތެވެ. ޕާޓީގެ ސެނެޓުގެ ގިނަ ބަޔަކު ތިބީ މުއިއްޒާއި އެކުގައި ކަމަށް ވާތީ، ސެނެޓް މެދުވެރިކޮށްގެންވެސް އެއްވެސް ކަމެއް ކުރުމުގެ އިހްތިޔާރެއް ޔާމީނަކަށް ނެތެވެ.

ޖަލުތަކާއި ޕެރޯލްގެ ގާނޫނު ބުނާގޮތުން، މިހާރު 11 އަހަރުގެ ޖަލު ހުކުމެއް އިއްވަމުން ގެންދަވާ ޔާމީނަށް ސިޔާސީ ޕާޓީއެއްގެ ލީޑަޝިޕުގައި ހަރަކާތްތެރިވުމަކީ މަނާކަމެކެވެ.