ޚަބަރު

މިނިސްޓްރީތަކަށް 25 ސްޓޭޓް މިނިސްޓަރުން! އަންހެނުން މަދު، ގިނައީ މުސްކުޅިން!

ދިޔަވަރު
މިނިސްޓްރީތަކަށް 25 ސްޓޭޓް މިނިސްޓަރުން! އަންހެނުން މަދު، ގިނައީ މުސްކުޅިން!

އާ ސަރުކާރުގެ އެކި މިނިސްޓްރީތަކަށް 25 ސްޓޭޓް މިނިސްޓަރަކު ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ އައްޔަން ކުރައްވައިފި އެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި 25 ބޭފުޅުންނަށް ވަނީ މަގާމުގެ ފަތްކޮޅު އަރުވައިފަ އެވެ. މި ސަރުކާރުގައި ޖުމްލަ 22 މިނިސްޓްރީއެއް ހިމެނެ އެވެ.

މުއިއްޒުގެ ކެބިނެޓުގައި އަންހުންން ފާހަގަ ކޮށްލެވޭ ވަރަށް މަދުވެގެން، އެކަމަށް ފާޑު ކިޔުން އަމާޒުވެފައި ވަނިކޮށް، މިނިސްޓްރީ ތަކަށް ނެގި 25 ސްޓޭޓް މިނިސްޓަރުން ތެރޭގައިވެސް ތިއްބެވީ ވަރަށް މަދު އަންހެން ކަބަލުން ތަކެކެވެ. ގިނައިން ތިއްބެވީ 55 އަހަރުން މަތީ މުސްކުޅި ބޭފުޅުންނެވެ.

މީގެކުރިން މިދިޔަ ހުކުރުދުވަހު މި ސަރުކާރު އުފެދުމާ އެކު ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި 12 ބޭފުޅަކު އައްޔަން ކުރައްވާފައިވެ އެވެ. އޭގެ ތެރޭގައި ރައީސް އޮފީހަށް ހަތަރު ބޭފުޅަކާއި ފޮރިން މިނިސްޓްރީ އަށް ތިން ބޭފުޅަކު ހިމެނެ އެވެ.