ދިވެހިރާއްޖެއާއެކު ވިޔާފާރީގެ އެއްބަސްވުމެއްގައި ސޮއިކުރަން ސައުދީ އަރަބިއްޔާގެ ވަޒީރުންގެ މަޖިލީހުން އިއްޔެ ފާސްކޮށްފައިވަނީ 2017 ވަނަ އަހަރު ދިވެހި ސަރުކާރުން އެދިފައިވާ އެގްރިމެންޓެއް ކަން ހާމަ ވެއްޖެއެވެ.
ދިޔަވަރު އޮންލައިނަށް ދާދި ދެންމެއަކު ލިބިފައިވާ ލިޔެކުންތަކުން ހާމަ ވާގޮތުގައި ދެގައުމުގެ ދެމެދުގައި މި ވިޔަފާރި އެއްބަސްވުމާއި ގުޅިގެން 2017 ގައި މަޝްވަރާ ފެށުނު ނަމަވެސް، ފާއިތުވު ފަސް އަހަރުގައި މި އެއްބަސްވުން ސޮއި ކުރުމާއި ހަމައަށް ގެނައުމަށް ދެފަރާތުގެ ސަރުކާރުންވެސް އެކި މަސައްކަތް ކޮށްފައިވެއެވެ.
މި ގޮތުން އެއްބަސްވުމަށް ގެންނަން ޖެހޭ ބަދަލުތައް ސަރުކާރުގެ އިދާރާތަކުން ގެނައުމާއި، ބަންޑާރަނައިބުގެ ލަފާ ހޯދުމާއި، އެކޮނޮމިކް މިނިސްޓްރީއިން ރާއްޖޭގެ އިޤްތިޞާދަށް މި އެއްބަސްވުމުގެ ތެރެއިން ލިބެން އޮތް އެންމެ ބޮޑު ފައިދާއަކީ ކޮބައިތޯ ވަނީ ބަލައި އެގްރިމެންޓް އިސްލާހް ކޮށްފައެވެ.
ސަރުކާރުން ދައްކަމުން ދަނީ މިއީ، މުއިއްޒުގެ ގުޅުންތަކުގެ ތެރެއިން ހަމަޖެހިގެން ދިޔަ ވިޔަފާރި އެއްބަސް ވުމެއް ކަމަށެވެ. ނަމަވެސް، މުއިއްޒުގެ ސަރުކާރުން މި އެއްބަސް ވުމާއި ގުޅިގެން އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. މިއީ ފާއިތުވި ދެ ސަރުކާރުން 6 އަހަރު ދުވަހުގެ މަސައްކަތުން ސޮއެ ކުރުމާއި ހަމަ އަށް ގެނަވުނު އެއްބަސްވުމެކެވެ.