ޚަބަރު

ރައީސް ޔާމިންގެ މައްސަލަ ޕީޕީއެމްގެ ސުލޫކީ ކޮމިޓީއަށް ފޮނުވާނެ ކަމުގެ އިންޒާރު!

ދިޔަވަރު
ރައީސް ޔާމިންގެ މައްސަލަ ޕީޕީއެމްގެ ސުލޫކީ ކޮމިޓީއަށް ފޮނުވާނެ ކަމުގެ އިންޒާރު!

ޕީޕީއެމް ހިންގުން ރަގަޅު ކުރުމަށް ކަމަށް ވިދާޅުވެ, އެޕާޓީ ހިންގާނެ ސްޓިއަރިން ކޮމިޓީއެއް ރައީސް ޔާމިން އުފެއްދެވުމާއެކު, ޕީޕީއެމް ޕީއެންސީ ތެރޭގައި ހައިޖާން އުފެދިފައިވަނިކޮށް, އެފަދަ އަމަލެއް ދެން ތަކުރާރު ކުރައްވައިފިނަމަ ކުރީގެ ރައީސް ޔާމިންގެ މައްސަލަ ޕީޕީއެމްގެ ސުލޫކީ ކޮމިޓީއަށް ފޮނުވާނެ ކަމުގެ އިންޒާރު ރައީސް މުއިއްޒު ރައީސް ޔާމިންއަށް ދެއްވައިފިއެވެ.

ޕީޕީއެމް/ޕީއެންސީގެ ވަރަށް އިސް ބައެއް ފަރާތްތަކުން ނާން ހާމަ ނުކުރުމަށް އެދި "ދިޔަވަރު" ނޫހަށް މައުލޫމާތު ދިން ގޮތުގައި ރައީސް މުއިއްޒު ކޯފާ އިސް ކުރައްވާފައިވަނީ, ރައީސް ޔާމިންގެ ގާނޫނީ ވަކީލު ޑރ. ޖަމީލްގެ ކޮއްކޮ މަލީހު ޖަމާލް މެދުވެރިކޮށް ރައީސް ޔާމިން ޕީޕީއެމްގެ ކޮންޓްރޯލް ނަންގަވަން މަސައްކަތް ކުރެއްވުމުންނެވެ.

"ދިޔަވަރު" ނޫހަށް ނޫހަށް މައުލޫމާތު ދެމުން ޕީޕީއެމްގެ ލީޑަރޝިޕްގައިވެސް ހިމެނިވަޑައިގަންނަވާ, އެހެންމަވެސް މިހާރު މުއިއްޒުގެ ސަރުކާރުގެ "ވަރަށް އިސް ސިޔާސީ މަގާމެއްގައި" ހުންނެވި ފަރާތުން ވިދާޅުވީ, ރައީސް މުއިއްޒު މިހާރު ނިންމަވާފައިވަނީ, ރައީސް ޔާމިން ޕީޕީއެމްއިން ވަކި ކުރުމަށް ކަމަށެވެ. އެހެންނަމަވެސް އެކަން ރައީސް މުއިއްޒު ކުރައްވާނީ ޕީޕީއެމްގެ ކޮންޓްރޯލް ނެންގެވުމަށް ދެން ރައީސް ޔާމިން އިތުރު ހަރަކާތެއް ހިންގަވައިފިނަމަ ކަމަށްވެސް އޭނަ ވިދާޅުވިއެވެ.

ރައީސް ޔާމިން ޕީޕީއެމްގެ ކޮންޓްރޯލް ނެންގެވުމަށް ދެން އިތުރަށް އެފަދަ އަމަލެއް ހިންގައިވިނަމަ, އެމަނިކުފާނު ޕީޕީއެމްއިން ރަސްމީކޮށް ވަކިކުރާނެ. މަލީހު ޖަމާލް އާމެދު އެ ފިޔަވަޅު އެޅުއްވުމަށް ރައީސް މުއިއްޒު އެންގެވީ ރައީސް ޔާމިނަށް މެސެޖެއް ދެއްވަން.

ނަން ނުޖެހުމަށް ޝަރުތުކޮށް, ރައީސް މުއިއްޒުގެ ސަރުކާރުގެ ސިޔާސީ ވަރަށް އިސް މަގާމެއްގައި ހުންނެވި ފަރާތުން "ދިޔަވަރު" ނޫހަށް މައުލޫމާތު ދެމުން ވިދާޅުވެފައި ވެއެވެ.

ގާނޫނީ ބަންދެއްގައި ރައީސް ޔާމިން ހުންނެވުމާއެކު އެމަނިކުފާނަކީ ޕާޓީގެ އިސްމަގާމެއްގައި ހުރުމުގެ ފުރުސަތު އޮތް ބޭފުޅެއް ނޫނެވެ. އެހެންނަމަވެސް ޕާޓީގެ މެމްބަރޝިޕުން ވަކިވެފައެއް ނުވެއެވެ.

އެހެންކަމުން ރައީސް ޔާމިންގެ ސިޔާސީ ބާރު އެކީ ނެތިކޮށްލުމަށް ރައީސް މުއިއްޒު މިހާރު ނިންމާފައިވަނީ ޕީޕީއެމްއިންވެސް ރައީސް ޔާމިން ވަކިކުރުމަށް ކަމަށް "ދިޔަވަރު" ނޫހަށް މައުލޫމާތު ދިން މުއިއްޒުގެ އަރިސް ފަރާތުން ވިދާޅުވެފައި ވެއެވެ. އޭނާ ވިދާޅުވި ގޮތުގައި އެކަން މުއިއްޒުއަށް ކުރަން އުދަގޫ ކަމަކަށް ނުވާނެ ސަބަބަކީ ޕީޕީއެމްގެ ސެނެޓް ގިނަ މެމްބަރުން މިހާރު މުއިއްޒުގެ ސަރުކާރުގެ ވަޒީފާތަކުގައި ތިބުމެވެ. އޭނާ ވިދާޅުވީ މުއިއްޒު މިހާރު ހުންނެވީ ޕީޕީއެމް ސެނެޓްގެ ކޮންޓްރޯ ނަންގައިގެންނެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންފައިވަނީ ރައީސް ޔާމިންގެ ފޮޓޯފުޅު ދައްކަވައިގެން ވޯޓު ހޯއްދަވައިގެންނެވެ. އެހެންނަމަވެސް އިންތިޚާބު ކާމިޔާބު ކުރެވި, ވެރިކަމުގެ ހުވާ ނުކުރެވެނީސް މުއިއްޒުވަނީ ޔާމިންއަށް އިންޒާރުދީ, ޔާމިން މުޅިންހެން ކަހަލަ ގޮތަކަށް އެކަހެރި ކޮށްފައެވެ.