ޚަބަރު

ޔާމިން ޕޮލިހުގެ ތެރެއިން ބާޢާވާތެއް ގެނެސް ވެރިކަން ވައްޓާލާނެ ކަމުގެ ބިރަށް, މުއިއްޒު އަންގަވައިގެން ޕޮލިހަށް ބޮޑެތި ބަދަލުތަކެއް

ދިޔަވަރު
ޔާމިން ޕޮލިހުގެ ތެރެއިން ބާޢާވާތެއް ގެނެސް ވެރިކަން ވައްޓާލާނެ ކަމުގެ ބިރަށް, މުއިއްޒު އަންގަވައިގެން ޕޮލިހަށް ބޮޑެތި ބަދަލުތަކެއް

މުއިއްޒު ވެރިކަމާ ހަވާލުވުމަށްފަހު, ފުލުހުންގެ މުވައްސަސާގެ ލީޑަރޝިޕަށް މުއިއްޒު އަންގަވައިގެން ބޮޑެތި ބަދަލުތަކެއް ގެންނަމުން ދަނީ, ރައީސް ޔާމިން ޕޮލިހުގެ ތެރެއިން ބަޢާވާތެއް ގެނެސް މި ވެރިކަން ވައްޓާލަފާނެކަމުގެ ބިރަށްކަމަށް, "ދިޔަވަރު" އޮންލައިންއަށް މައުލޫމާތު ލިބިއްޖެއެވެ.

ނަން ހާމަނުކުރުމަށް އެދި, ފުލުހުންގެ އިސް އޮފިސަރަކު "ދިޔަވަރު" އޮންލައިންއަށް މައުލޫމާތުދިން ގޮތުގައި މުއިއްޒު ގެންދަވަނީ ފުލުހުންގެ ތެރެއިން, ކުރީގެ ކޮމިޝަނަރ ހުސެއިން ވަހީދުއާއި ގުޅުންހުރި ކަމަށް ބެލެވޭ އިސް ފަރާތްތައް މަސްއޫލިއްޔަތުތަކުން އެކަހެރި ކުރަމުންނެވެ. އޭގެ އެއް ސަބަބެއްގެ ގޮތުގައި ފުލުހުންގެ އިސް އޮފިސަރު ވިދާޅުވީ ހުސެއިން ވަހީދަކީ ރައީސް ޔާމިންއާއި އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އެފަރާތަށް ވުން ކަމުގައެވެ.

ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސެއިން ވަހީދު މިހާރު ގެންދަވަނީ ރައީސް ޔާމިންގެ ފަރާތުން މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރެއްވުމަށް ކެމްޕޭން ކުރައްވަމުންނެވެ.

އޭގެ އިތުރުން ރައީސް ޔާމިނަށް ތާއީދުކުރާ, ނުވަތަ ގުޅުން ބާއްވާނެކަމަށް ބެލެވޭ ހުރިހާ ޕޮލިސް އޮފިސަރުންވެސް މުއިއްޒުގެ އެންގެވުމަށް މިހާރު މަސްއޫލިއްޔަތުން އެކަހެރި ކުރަމުންދާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ދާދިފަހުން މުއިއްޒުގެ އެންގެވުމަށް ޕޮލިސް އިންޓެލިޖެންސްގެ އިސްވެރިޔާގެ މަގާމުގައި ހުންނެވި ފަރީދު އިސްމާއިލް ވަނީ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފަ އެވެ.

އޭގެ އިތުރުން, އެނގިފައިވާ ގޮތުގައި, ރައީސް މުއިއްޒު އަންގަވައިގެން މިއަދުގެ ވަގުތެއްގައިވަނީ އިންޓެލިޖެންސް ޑިޕާޓްމަންޓުގެ އެކި ސެކްޝަންތަކުގެ ވެރިންތަކެއް ބަދަލު ކޮށްފަ އެވެ. އެގޮތުން މުއިއްޒު ވެރިކަމާ ހަވާލުވިފަހުން ފުލުހުންގެ ހަ އޮފިސަރެއްގެ މަގާމް މިހާތަނަށް ބަދަލު ކޮށްފައިވާ އިރު ބައެއް އޮފިސަރުންނާ އެއްވެސް މަސްއޫލިއްޔަތެއް ހަވާލު ކޮށްފައެއް ނުވެއެވެ.

މުއިއްޒު އަންގަވައިގެން ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ރިޔާޒް ވެސް ވަނީ މަސްއޫލިއްޔަތުތަކުން ފާއިތުވި ހަފްތާގައި އެކަހެރި ކޮށްފަ އެވެ.

ފާއިތުވެދިޔަ ހަފްތާގައި މުއިއްޒު ވަނީ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފްގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަލީ ރަޝީދު ރިޓަޔަށް ނުކުރައްވައިފިނަމަ މަގާމުން ވަކިކުރާނެކަމަށް އިންޒާރުކޮށްފައެވެ. މި ދެބޭފުޅުންދެކެ މުއިއްޒު ކޯފާވި ސަބަބެއް އޮޅުން ފިލާފައެއް ނުވެއެވެ. ދެބޭފުޅުންވެސް މިހާރު ނިންމާފައިވަނީ އަންނަ ހޮނިހިރު ދުވަހުންފެށިގެން ރިޓަޔަރ ކުރެއްވުމަށެވެ.

ރައީސް ޔާމިންގެ ފޮޓޯ ދައްކައިގެން ވެރިކަމަށް ވަޑައިގެންނެވުމާއެކު, ހުވާވެސް ނުކުރައްވަނީ މުއިއްޒުވަނީ ރައީސް ޔާމިން އެކަހެރިކޮށް, ރައީސް ޔާމިން އުފެއްދެވި ޕީޕީއެމްއިންވެސް އެމަނުކުފާނު ބޭރުކުރާނެކަމުގެ އިންޒާރު ދީފައެވެ.