މުއިއްޒު ބަލައި ސައުދީއިން ފޮނުވަން އުޅުނު ޖެޓް ކެންސަލް ކޮށްފި ކަމަށް މުއިއްޒުގެ އަރިސް ފަރާތަކުން ދިޔަވަރު ނޫހަށް މައުލޫމާތު ލިބިއްޖެއެވެ. ސައުދީއިން ޖެޓް ކެންސަލް ކޮށްފައިވަނީ، މުއިއްޒުގެ ހުވާ ކުރުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވި ސައުދީގެ މިނިސްޓަރ ހިތްޕުޅާ ނުވާ ކަންތައްތަކެއް ދަތުރުގައި ހިނގާފައިވާ ކަމަށް ޚަބަރު ލިބިފައި ވަނިކޮށެވެ.
ސައުދީއިން ވަޑައިގެންނެވި މިނިސްޓަރ އަށް އަދާކުރަންޖެހޭ ފުރިހަމަ އިޚްތިރާމް އަދާކުރުމުގައި، މައްސަލަ ދިމާވެފައިވަނީ ސަރުކާރުގެ ކޮން އިދާރާއެއްގެ އިހުމާލުންކަމެއް ސާފުވާ ގޮތް ވަނީ ނުވެފައެވެ.
ދުނިޔޭގެ ހުރިހާ ޤައުމެއްގެ ލީޑަރުންނަށް ދައުވަތު ދީގެން ޑުބާއީގައި ބާއްވާ ކޮޕް28 ދަތުރަށް ފަހުގައި ސައުދީއަށް މުއިއްޒު ވަޑައިގަންނަވާނެ ކަމަށް ވަރަށް އަވަހަށް ސަރުކާރުން ހާމަ ކުރާނެ ކަމަށް ވެއެވެ.
ސައުދީ ދަތުރުގައި ސޮއި ކުރަން ހަމަޖެހިފައިވާ ވިޔަފާރި އެއްބަސް ވުމަކީވެސް، ރައީސް ޔާމީނުގެ ސަރުކާރުގައި 2017 ވަނަ އަހަރު ސައުދީއާއި ވާހަކަ ދައްކަންފެށުނު ވިޔަފާރި އެއްބަސް ވުމެކެވެ. ނަމަވެސް މުއިއްޒުވަނީ ރައްޔިތުންނަށް އެކަން އޮޅުވާލައި، އެއީ މުއިއްޒު ހަމަޖެއްސެވި ވިޔަފާރި އެއްބަސްވުމެއްކަމަށް ދޭހަވާހެން ޚަބަރުތަކަށް މައުލޫމާތު ދެއްވާފައެވެ.