ޚަބަރު

އެމްޑީޕީގެ ވަގުތީ ރައީސް އަކަށް ރައީސް ސޯލިހު

ދިޔަވަރު
އެމްޑީޕީގެ ވަގުތީ ރައީސް އަކަށް ރައީސް ސޯލިހު

އެމްޑީޕީގެ ރައީސްގެ މަގާމަށް މީހަކު އިންތިހާބު ކުރެވެގެން ދެން އެ މަގާމުގެ ޒިންމާތައް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއާ ހަވާލުކުރަން، އެ ޕާޓީގެ ގައުމީ މަޖިލީހުން މިރޭ ފާސްކޮށްފި އެވެ.

އއ. ހުކުޅަހުގައި ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި އެމްޑީޕީގެ ވަގުތީ ރައީސް އަކަށް ސޯލިހު އައްޔަންކުރަން ފާސްވީ 47 މެންބަރުންގެ ވޯޓުންނެވެ.

އެމްޑީޕީގެ ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި މީގެ ކުރިން ހުންނެވި އެ ޕާޓީގެ ފުރަތަމަ ވެރިކަމުގެ ރައީސް މުހައްމަދު ނަޝީދު، ޖޫން މަހު ޕާޓީން ވަކިވެވަޑައިގަތުމުންނެވެ.

އެމްޑީޕީގެ ވަގުތީ ރައީސް އަކަށް ސޯލިހު އައްޔަން ކުރެއްވިއިރު އެ މަނިކުފާނު އުޅުއްވަނީ އަމިއްލަ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރުގަ އެވެ.

ރިޔާސީ އިންތިހާބުގައި ކުރިމަތިވި ނާކާމިޔާބީއަށް ފަހު މިއީ އެމްޑީޕީގެ ގައުމީ މަޖިލީހުން ބޭއްވި ދެވަނަ ޖަލްސާ އެވެ.