ޚަބަރު

މުއިއްޒުގެ އެންގުމަށް މަޖިލިސް މެމްބަރުންނަށް ބިރުދައްކަން ފަށައިފި!

ދިޔަވަރު
މުއިއްޒުގެ އެންގުމަށް މަޖިލިސް މެމްބަރުންނަށް ބިރުދައްކަން ފަށައިފި!

މަޖިލިސް ބައެއް މެމްބަރުންނަށް ގުޅައި، ކެބިނެޓްގައި ތިބި ވަކި ބަޔަކަށް ރުހުން ނުދީފި ނަމަ، އެމްޑީޕީ މެމްބަރުންގެ ފަހަތުން ދާނެ ކަމަށާއި، އެކި މީހުންނާއި މެދު އެކި އެކި ދައުވާތައް ކުރާނެ ކަމަށް މުއިއްޒުގެ އެންގުމަށް އަދުރޭ ގުޅައިގެން ބިރުދައްކަމުން ދާކަމަށް ބައެއް މަޖިލިސް މެމްބަރުންގެ ފަރާތުން މައުލޫމާތު ލިބިއްޖެއެވެ.

އިއްޔެ، އުކުޅަހުގައި ބޭއްވި، އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޗެއަރ ޕާސަން ފައްޔާޒުވެސް ވަނީ މިކަން ކަށަވަރު ކޮށްދީފައެވެ. ފައްޔާޒަށް ގުޅައިގެން، އެމްޑީޕީ މެމްބަރުންގެ ފަހަތުން ދާނެ ކަމަށް ބުނެ ވަނީ ބިރު ދައްކާފައެވެ.

ދިޔަވަރު ނޫހަށް ޔަގީން ކޮށް އެނގޭ ގޮތުގައި އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ ތެރެއިން އިސް ދެފަރާތަކަށް ގުޅައި، އަދުރޭ ވަނީ މިމޭރުމުން ވާހަކަ ދައްކައި ބިރުދައްކައި ބްލެކްމެއިލް ކުރަން މަސައްކަތް ކޮށްފައެވެ.

ޓުއަރިޒަމް މިނިސްޓަރަކަށް އައްޔަން ކުރި އަދުރޭގެ ދަރިފުޅުގެ މަޤުބޫލުކަން އާންމުގެ ތެރޭ ކުޑަވެ، އޭނާގެ އަމަލުތަކަށް ފާޑު ކިޔުން އާންމުންގެ މެދުގައި އިތުރުވެފައިވަނިކޮށް، މުއިއްޒުގެ ކެބިނެޓުގެ ވަކި ބަޔަކަށް ރުހުން ނުދިނަސް، އަދުރޭ ވަނީ އޭނާގެ ދަރިފުޅަށް ރުހުން ދޭންޖެހޭނޭ ކަމަށް ބުނެ ގުޅައިގެން ވާހަކަ ދައްކާފައި ކަމަށް މައުލޫމާތު ލިބެއެވެ،

މުއިއްޒުގެ ވެރިކަމުގައި އިސް ސަފުގައި ގިނައިން ތިބީ، ޔާމީނުގެ ސަރުކާރުގައި ބޭއިންސާފާއި އަނިޔާވެރިކަން ރައްޔިތުނަން ގެނެސްދިން ފަރާތްތަކެވެ.