ވަޒީރުންނާއި، ސަރުކާރު އެކި މަޤާމުތަކަަށް ހަމަޖައްސާފައިވާ ވެރިންނާއި، އަދި މުއިއްޒަށް ތާޢީދު ކުރާކަމަށް ބުނާ ފަރާތްތަކުން، އެމީހަކު ހުރީ މުއިއްޒުގެ ފަޅީގައިި ކަން ސާބިތުކުރުމަށް ޓްވީޓް ކުރުމަށް މުއިއްޒު އަމުރުކޮށްގެން އަބްދުއްރަހީމް (އަދުރޭ) ޕީޕީއެމް ޕީއެންސީގެ ފަރާތްތަކަށް އެމަސައްކަތް ފަށައިފިއެވެ.
މުއީޒުގެ އަމުރަށް އޭނާއަށް ތާޢީދު ކުރާކަށް ދެއްކުމަށް ސޯޝަލްމީޑިޔާގައި ބޮޑެތި މަޤާމާއި، މަންފާލިބިފައިވާ ފަރާތްތަކުން ދަނީ ޓްވީޓް ކުރަމުންނެވެ. ރައީސް ޔާމީން އަމިއްލަ ފުޅަށް ޕާޓީއެއް މިހާ އަވަހަށް އުފައްދަވާފާނެ ކަމަކަށް މުއިއްޒުމެން ކުރިން ދެކިފައި ނުވުމުން، މިކަން އައީ ކުއްލި ސިހުމެއް ގޮތުގައި ކަމަށާއި، މިކަމާއި ގުޅިގެން މުއިއްޒުގެ ކަންބޮޑުވުން އިންތިހާއަށް ގޮސްފައިވާ ކަމަށް ޕީއެންސީ ތެރެއިން މައުލޫމާތު ލިބެއެވެ.
ދިޔަވަރު އޮންލައިނަށް މުއީއްޒުގެ އަރިސް ފަރާތަތަކުން ދިން މައުލޫމާތަށް ބަލާއިރު، ޔާމީނާއި މެދު މިހެން އަމަލު ކުރެވުނު ލެއް މާ އަވަސް ކަމަަށާއި، ޕީޕީއެމްގެ އާންމުންގެ ބޮޑުތާޢީދެއް އަދިވެސް އޮތީ ޔާމީނަށް ކަމަށް އެބޭފުޅުން ޤަބޫލު ކުރައެވެ. އެހެން ކަމުން ޓްވީޓް ކޮށް ސޯޝަލްމީޑިޔާ ކެމްޕެއިނެއް ފަށާފައިވަނީ މުއިއްޒަށް ނެތް ތާޢީދު އޮތްކަމަށް ދެއްކުމަށް ކަމަށް، މުއިއްޒު އާއި އަރިސްކޮށް މަސައްކަތް ކުރައްވާ، ޔާމީނަށް ލޯޔަލް ބޭފުޅެއް ވިދާޅުވިއެވެ.
ދާދި ދެންމެ އަކު، އަދަދުން ގެނެސްދިން ޔާމީނުގެ ލޯޔަރު، ޑރ. ޖަމީލުގެ އިންޓަވިއުގައި، ޔާމީނާއި މެދު، މަޤާމުގެ ދަހިވެތިކަމުގައި ޕީޕީއެމްގެ މަދު ބަޔަކު ވެފައިވާ ބޭވަފާތެރިކަމުގެ ވާހަކަ ވަރަށް އަސަރާއި އެކު ކިޔާދެއްވިއެވެ. އަދި ޕާޓީ ނަގާފައިވަނީ ބަޣާވަތެއްގެ ތެރެއިން ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން މުއިއްޒުވަނީ، ޖާހިލެއްގެ އަތްދަށުވެފައި ކަމަށް އަދުރޭއަށް މުހާތަބުކޮށް ޑރ. ޖަމީލު ވަނީ ވިދާޅުވެފައެވެ.