ޚަބަރު

މުއިއްޒަށް ވަފާތެރި ނޫންކަމަށް ބަލައި، ބކ. ފަހުމީ 3 ދުވަސް ފަހުން ވަޒީފާއިން ވަކި ކޮށްފި!

ދިޔަވަރު
މުއިއްޒަށް ވަފާތެރި ނޫންކަމަށް ބަލައި، ބކ. ފަހުމީ 3 ދުވަސް ފަހުން ވަޒީފާއިން ވަކި ކޮށްފި!

ޖިންސީ ފުރައްސާރައިގެ މައްސަލައަކާ ގުޅިގެން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސްކަމުން ވަކިކުރި މުހައްމަދު ފަހުމީ ހަސަން ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް އައްޔަންކުރުމާއި ގުޅިގެން ފާޑުކިއުންތައް އަމާޒުވެފައިވަނިކޮށް، މުއިއްޒަށް ވަފާތެރި ބޭފުޅެއް ނޫންކަމަށް ބުނެ މަގާމުން ވަކިކޮށްފި އެވެ.

މައުލޫމާތު ލިބޭ ގޮތުގައި، ބކ. ފަހުމީ އަކީ ރައީސް ނަޝީދާއިވެސް ވަރަށް އަރިސް ބޭފުޅެކެވެ. އަދި ސިވިލް ސާރވިސް ކޮމިޝަންގެ ރައީސްއަކަސް ބކ. ފަހުމީ އައްޔަން ކުރައްވާފައިވަނީ ރައީސް ނަޝީދެވެ.

ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ފަހުމީ އައްޔަންކުރީ މި މަހުގެ 20 ވަނަ ދުވަހު އެވެ. ފަހުމީ މަގާމުން ވަކިކުރިކަން ރައީސް އޮފީހުގެ ސްޓްރެޓެޖިކް ކޮމިޔުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލް ވަނީ ކަށަވަރުކޮށްދެއްވާފައެވެ. އޭނާ މަގާމުން ވަކިކުރީ މިއަދު އެވެ.

ފަހުމީ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމަށް އައްޔަންކުރުމާއި ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށް ސަރުކާރަށް ފާޑުކިޔާފައި ވެއެވެ.