ރާއްޖެއާއި ސައުދީއާއި ދެމެދު އެއްބަސްވެފައިވާ ވިޔަފާރި އެއްބަސްވުމެއްގައި ސޮއެ ކުރަން، ރާއްޖެއިން ސައުދީއަށް ދިޔުމަށް ހުރިހާ ކަމެއް ތައްޔާރުވެފައި ވަނިކޮށް، ސައުދީ އިން ވަނީ އެދަތުރަށް ފޮނުވަމަށް ހަމަޖައްސާފައިވާ ޖެޓް ނުފޮނުވަން ނިންމައި، ސައުދީ ދަތުރު ކެންސަލް ކޮށްފައެވެ.
ދިޔަވަރު ނޫހުން ވަނީ އެ ޚަބަރު ގެނެސްފައެވެ. ނަމަވެސް މިއަދު މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓް އޮފީސް ފޮރ ސްޓްރެޓީޖިކް ކޮމިޔުނިކޭޝަން، އިބްރާހީމް ޚަލީލް ރާއްޖޭގެ ނޫހަކަށް މައުލޫމާތު ދެއްވަމުން، ސައޫދީއަށް ރައީސް ދަތުރުފުޅެއް ކުރައްވަން އުޅުއްވާ ވާހަކައަކީ ސަރުކާރުން ދައްކާފައިވާ ވާހަކައެއް ނޫންކަމަށް ބުނެ ވަނީ އޮޅުވާލާފައެވެ.
ދިޔަވަރު ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދަތުރަށް ވަޑައިގަތުމަށް ހުރިހާ ތައްޔާރީތަކެއްވެސް ވަނީ ވެފައެވެ. ބެލެވޭ ގޮތުގައި މައުލޫމާތު ދެއްވުމުގައި މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓް އޮފީސް ފޮރ ސްޓްރެޓީޖިކް ކޮމިޔުނިކޭޝަން، އިބްރާހީމް ޚަލީލް (ހޭޔަންބޯ ހަލީލް) މިކަން އޮޅުވާލާފައިވަނީ ސަރުކާރަށް މިކަމާއި ގުޅިގެން ލިބުނު ހުތުރު ނަމުން ސަލާމަތް ވާން ވެގެން ކަމަށް ބެލެވެއެވެ.
ސައުދީއިން ރާއްޖެއަށް ހުވާކުރުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވި މިނިސްޓަރަށް ދެއްވަންވާ އަހަންމިއްޔަތުކަން ދެއްވާފައި ނުވާތީ، ދަތުރު ކެންސަލް ކޮށްފައިވާކަމަށް މައުލޫމާތު ލިބެއެވެ.