ޚަބަރު

އަބްދުއްރަހީމްގެ ދަރިފުޅު ނުރުހުމުން، މުންއިމް، ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުން ވަކިކޮށްފި

ދިޔަވަރު
އަބްދުއްރަހީމްގެ ދަރިފުޅު ނުރުހުމުން، މުންއިމް، ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުން ވަކިކޮށްފި

ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމަށް އައްޔަންކުރެއްވި ޏ. ފުވައްމުލައް މިސްކިތްމަގު، މާވޭދު، މުންއިމް އަނީސް އެ މަގާމުން ވަކިކޮށްފިއެވެ. ދިޔަވަރުއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، މުންއިމް ވަކިކޮށްފައިވަނީ ޓުއަރިޒަމް މިނިސްޓަރ ކަމުގައި ހުންނެވި އަބްދުއްރަހީމުގެ ދަރިފުޅު މުންއިމް އާއި މެދު ހިތްހަމަ ނުޖެހިގެންނެވެ. އެ ދެބޭފުޅުންގެ ދެމެދުގައި ދިމާވި މައްސަލަ ވަނީ އަދި ސާފު ނުވެފައެވެ.

މުންއިމް އެ މަގާމަށް އައްޔަންކުރީ މިދިޔަ އަންގާރަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

މުއިއްޒުގެ ސަރުކާރުގެ ކޮންޓްރޯލް އޮތީ އަބްދުއްރަހީމު އަތްޕުޅަގައެވެ.

މުންއިމްއަކީ ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް އައްޔަންކުރެއްވި ހަމައެކަނި ބޭފުޅާއެވެ.