ސިޔާސީ

ޓިނު އަދުރޭ، އަބްދުއްރަހީމަށް ރީ ބްރޭންޑު ކުރުން! 

ދިޔަވަރު
ޓިނު އަދުރޭ، އަބްދުއްރަހީމަށް ރީ ބްރޭންޑު ކުރުން! 

އަބްދުއްރަހީމަކީ އެސްޓީއޯއިން ޓިނު ވަގަށް ނަގައިގެން އަރުވާލާފައި ހުންނެވި ބޭފުޅެކެވެ. އަރުވާލާފައި ހުރިގޭގެ ހުނިގޮޑިވެސް ވަގަށް ނެގިކަމަށް ބުނެއުޅެއެވެ. އަބްދުއްރަހީމަކީ ޒަމާނީ އެއްވެސް ތަޢުލީމެއް އުނގެނިގެން ހުރި ބޭފުޅެއް ނޫނެވެ. ކުޑަމިން، އިނގިރޭސިން ލިޔެފައި އޮންނަ ޖުމްލަ އެއްވެސް ކިޔާލާކަށް ނޭނގެއެވެ.

އެމަނިކުފާނު، މަޖިލީހުގައި އެތައް މުނާސަބަތެއްގައި ދޫމައްޗަށް އައިހާ ނުބައި އަވަގުރާނެއް ވިދާޅުވެއެވެ. ހޮނަރަބަލް ޑރ ޖަމީލު ވިދާލުވިހެން އެއީ ޖާހިލެކެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާއަކަށް ޑރ.މުއިއްޒު ހުއްޓެއްކަމަކު، ދިވެހި ސަރުކާރު ހިންގުމާއި ޚަވާލުވެ ހުންނެވި އަދުރޭއެވެ. މާފު ކުރައްވާށެވެ. އަބްދުއްރަޙީމެވެ.

އެމަނިކުފާނު ތުރުކުރުއްވަނީ ކޯޓު ފަޓުލޭނެވެ. އުޅުއްވަނީ ރައީސް އޮފީހުގައެވެ. އަމިނިކުފާނަށް ހާއްސަ ކުރެވިފައިވާ ވަކި ކޮޓަރިކޮޅަކާއި، އެމަނިކުފާނުގެ އަމުރަށް ކިޔަމަތްވެ، ތަބާވާ މަސައްކަތު ކުދިނާއި، ރީތި ބައްޓަމުގައި ތިބޭ އަންހެންކުދިން އަބަދުމެ ޚިދުމަތުގައި ތިބެތެވެ.

ރައީސުލްޖުމްހޫރިއްޔާ ރައީސް އޮފީހަށް ވަޑައިގެން އެންމެ ފުރަތަމަ ވަޑައިގަންނަވަނީ، އަބްދުއްރަހީމުގެ ކޮޓަރިފުޅަށެވެ. ފައިންޕުޅު ދެކެވަޑައިގެން، ކުރުނީސް ކުރައްވާ ހައްދަވާ ކަމަށްވެއެވެ.

އެމަނިކުފާނަކީ މާތް ބޭފުޅެކެވެ. މަތިވެރިކަން ލިބިފައިވާ މިންވަރަކީ، ވަޒީފާތައް ހަމަ ޖައްސަވައި، އެމަނިކުފާނުގެ ބައްލަވާ މިންގަޑަށް ފެތޭ ފަރާތްތަކަށް މެނުވީ ސިޔާސީ މަގާމަށް ނާދެވޭތީއެވެ. މިހެން އެއްތަށިން ފަރިއްކުޅުއްވާ ބޭފުޅުންނަށް މަޤާމު ދެމުން ގޮސް ބަނޑުކޮށްޓަން އުޅުއްވި ބޭފުޅަކަށްވެސް މަޤާމު ހަމަޖައްސައި ދެވުނެވެ.

ރާއްޖޭގެ ނޫސްތަކަަށްވެސް އަދުރޭ ބަސްތީގަތުން ދެއްވަނީ އަބްދުއްރަހީމަށް ވެގެންނެވެ. މާތް ބޭފުޅަކަށް ވެގެންނެވެ. އަދުރޭގެ ނަން ޖައްސަވައި، އަދުރޭގެ ފޮޓޯ ޖެއްސެވި ބޭފުޅުން މިހާރު ޖައްސަވަނީ އަބްދުއްރަހީމުގެ މާތް ނަމެވެ. ފޮޓޯ ފުޅުގައިވެސް މިހާރު އަދުރޭގެ ސިފައެއް ނުހުރެއެވެ. ހުންނަވަނީ އަބްދުއްރަހީމެވެ.

ހުވަފެނުގައި ދެކަވަޑައިގަންނަވަނީ މަޖިލީހުގެ ރައީސް ކަމެވެ. އަމާޒު ހިއްޕަވާފައިގެން ހުންނެވީ އެދިމާލަށެވެ.

ކުރީގައި ދުފުމަށް ފޯއް ބޭނުން ކުރެއްވިއަސް، މިހާރު ހިއްޕަވަނީ އަޑަފިކޮޅެވެ. އަގަ ރަތް ކޮށްފައި ޗުސް ކިޔާފައި މަގަށް ހައްޕުޑު ރަތް ކުޅުޖަހާ އަދުރޭ، މިހާރު އަބްދުއްރަހީމަށް ވުމުން ކޯދޮވެލަނީއެވެ.

ހިތާމައަކީ އިލްމީ ބޭފުޅަކަށް ވަލީއަމްރުކަން ދެއްވުމަށް ފަހު، ސަރުކާރު ހިންގުމަށް ނުކިޔަވާހުރި ޖާހިލަކު ހުރީތިއެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަށް ފާޑު ވިދާޅުވި ބޭފުޅުން އެތިއްބެވީ މިހާރު އަތް ޖައްސަވާށެވެ.