ރީޖަނަލް އެއާޕޯޓްސްއަށް އައްޔަނުކުރަނީ 18 ވަނަ މަޖިލީހުގައި ބިލެއްދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި އަހުމަދު މުބީން އެވެ.
އާބަންކޯއަށް އައްޔަނުކުރަނީ މިހާރު ވެސް މަޖިލީހުގައި ފެލިދޫ ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދަވާ އިބްރާހިމް ފަޒުލް ރަޝީދެވެ. އޭނާ ވަނީ ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރުކަން ކުރައްވާފަ އެވެ.
އޭގެ އިތުރުން, ޕީއެސްއެމްއަށް އައްޔަނުކުރަން ނިންމާފައިވަނީ ޒީނާ ޒާހިރު އެވެ. އޭގެ ކުރިން އޭނާ ވަނީ ބްރޯޑްކާސްޓިން ކޮމިޝަން އޮފް މޯލްޑިވްސް (ބްރޯޑްކޮމް) ގެ މެމްބަރުކަން ކުރައްވާފަ އެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މިހާތަނަށް ވެރިން އައްޔަނުކޮށްފައި ނުވެ އެވެ. އަދި, ޕީސީބީން ވަނީ ވެރިން އައްޔަނު ނުކުރެވި ހިނގާ މުއްދަތުގައި ކުންފުނިތަކުން ބޮޑު ނިންމުންތައް ނުނިންމަން އަންގާފަ އެވެ.
ކުންފުނިތަކަށް މި އައްޔަން ކުރީ ފެންވަރު ދަށް، ކުންފުނިތައް ހިންގޭ ވަރުގެ ބައެއް ނޫން ކަމަށް ބުނެ، ރައްޔިތުން ދަނީ ޝަކުވާ ކުރަމުންނެވެ.