ޚަބަރު

ބަރަހަނާ ފިލްމު ކުޅޭ މަޝްހޫރު ފިލްމީ ތަރި ޖޯނީސިންސް ރާއްޖޭގައި، ފަތުރުވެރިކަން އެހެން މާރކެޓްތަކަށް ފުޅާ ކުރުމަށް ރަގަޅު ސިޔާސަތެއްތަ؟

ދިޔަވަރު
ބަރަހަނާ ފިލްމު ކުޅޭ މަޝްހޫރު ފިލްމީ ތަރި ޖޯނީސިންސް ރާއްޖޭގައި، ފަތުރުވެރިކަން އެހެން މާރކެޓްތަކަށް ފުޅާ ކުރުމަށް ރަގަޅު ސިޔާސަތެއްތަ؟

ބަރަހަނާ ފިލްމު ކުޅެ, އަދި ޑައިރެކްޓްކުރާ މުޅި ދުނިޔެއަށް މަޝްހޫރު ތަރި ޖޯނީސިންސް ރާއްޖެ އަތުވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ރާއްޖެ އައިސްފައިވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމަށެވެ. އެހެންނަމަވެސް އޭނާ ރާއްޖެއައުމުން އެކަމާއި ގުޅޭގޮތުން ސަރުކަރުގެ ރަސްމީ އެއްވެސް އިދާރާއަކުން ރަސްމީ އެއްވެސް ބަހެއް ބުނެފައި ނުވެއެވެ. ސަރުކާރު އެކަމާއި ގުޅޭގޮތުން އޮތީ ހަނުކަން ފާހަގަ ކޮށްލެވެއެވެ.

މީގެ ކުރީގެ ސަރުކާރު ތަކުގައި ބަރަހަނާ ފިލްމު ކުޅޭ ތަރިން ރާއްޖެ އައިސްފައިވާކަމެއް އެގިފައެއް ނުވެއެވެ. އެހެންކަމުން މިއީ ބަރަހަނާ ފިލްމުކުޅޭ ތަރިއަކު ރާއްޖެ އައި ފުރަތަމަ ފަހަރުކަންވެސް ފާހަގަ ކޮށްލެއެވެ. އެހެންނަމަވެސް ދުނިޔެއަށް މަޝްހޫރު ތަރިން ފަތުރުވެރިކަން ކުރިއެރުވުމަށް ގައުމުތަކަށް ގެންދިއުމަކީ އެކި ގައުމުތަކުން އެ ސިނާއަތު ޕްރޮމޯޓު ކުރުމަށް ގެންގުޅެމުން އަންނަ ސިޔާސަތެއްކަން ފާހަގަ ކޮށްލެވެއެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު ފަތުރުވެރިކަން ޕްރޮމޯޓު ކުރުމަށް އުފެއްދި ކައުންސިލްއިން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ފަތުރުވެރިކަމާބެހޭ ވަޒީރު, އަބުދުއްރަހީމްގެ ދަރިފުޅު އިބުރާހިމް ފައިސަލް ވިދާޅުވެފައިވަނީ ރާއްޖޭގެ ފަތުރުވެރިކަން ތަފާތު އަ މާރކެޓްތަކަށް ފުޅާކޮށް, ޑައިވާސިފައި ކޮށްދޭނެ ކަމުގައެވެ.

އެހެންނަމަވެސް ބަރަހަނާ ފިލްމު ކުޅޭ ދުނިޔޭގެ މަޝްހޫރު ތަރިން ރާއްޖެ ޒިޔާރަތް ކުރަން ފަށާފައި މިވަނީ, ފަތުވެރިކަން ޑައިވާސިފައި ކުރަން މިސަރުކާރުން ގެންގުޅެން ފަށާފައިވާ ސިޔާސަތުގެ ދަށުންކަން އަދި ވަނީ ޔަގީން ނުކުރެވިފައެވެ.