އަދުރޭ ވަނީ މީގެ އެއް ދުވަސް ކުރިން އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ އިސް ފަރާތްތަކާއި ބައްދަލުކޮށް، އޭނާގެ ދަރިފުޅަށާއި އަދި މުއިއްޒަށް ލޯޔަލް މީހުންނަށް މަޖިލީހުން ރުހުން ދިނުމަށް އެދިފައެވެ. އަދި ޔާމީނަށް ވަފާތެރި ވަޒީރުންގެ ލިސްޓެއް ހަވާލު ކުރެއްވިއެވެ. އަދި އެލިސްޓުގައި ތިބި ވަޒީރުންނަށް ރުހުން ނުދިނުމަށް އެދިފައިވެއެވެ.
މުއިއްޒުގެ ކެބިނެޓަށް ވަޒީރުންތައް އައްޔަން ކުރުމަށްފަހު، އޭގެ ތެރެއިން ބަޔަކު ވަކި ކުރުމަށް ނިންމީ، ރައީސް ޔާމީން ޕީޕީއެމް އިން ވަކިވެ، އާ ޕާޓިއެއް ހެދުމުގެ މަސައްކަތް ކުރަންފެށުމާއި ގުޅިގެންނެވެ. އަދި މިވަގުތު، މުއިއްޒު އަމިއްލަފުޅަށް ކެބިނެޓުގައި ތިބި ބަޔަކު ވަކި ކޮށްފިނަމަ، މުއިއްޒުގެ ސަރުކާރު ބަލިކަށިކަމަށް ފެންނާނެތީއާއި، އަދި މިވަގުތު، އެފަދަކަމެއް ކޮށްފިނަމަ، ސަރުކާރުގެ އެތެރޭގައި ބައިބައިވުން އުފެދިގެން ހިނގާދާނެކަމަށް ބެލެވޭތީ، މުއިއްޒު ބޭނުންވާ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް އަބްދުއްރަހީމް ބައްދަލުކޮށް އެދިފައިވާކަމަށް މަޖިލިސް މެމްބަރަކު ކިޔައިދެއްވިއެވެ.
ދެވަނަ ފަހަރަށް ބައްދަލުކޮށް އެދިފައިވަނީ މި ލިސްޓާއި މެދު ވިސްނުމަށާއި، އަދި ލިސްޓަށް އިހްތިރާމް ކޮށްދިނުމަށް ކަމަށް، މަޖިލިސް މެމްބަރަކު ދިޔަވަރު އަށް މައުލޫމާތު ދެއްވިއެވެ.
މި ލިސްޓުގައި އަދުރޭ އާއި ވަރަށް އަރިސްކޮށް އުޅޭ ވަޒީރުން ވެސް ހިމެނޭ ކަމަށް މަޖިލިސް މެމްބަރު މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.