ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި އުފައްދަވާ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އޮފީހަށް އެމަނިކުފާނު މިރޭ ވަޑައިގަތުމުން، އެއީ މަސައްލައެއް ކަމަށް ބަލައި، އެ މައްސަލަ ބަލަމުންދާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނެފިއެވެ.
ހ. ހުރަފާގޭގައި ހުންނަ އެ އޮފީހަށް ރައީސް ޔާމީން ވަޑައިގަތީ, ޕީއެންއެފް އުފެއްދުމަށް ބޭނުންވާ ފޯމު ފުރުން، އެ ގޭގެ ތިންވަނަ ފަންގިފިލާގައި ކުރިއަށްދަނިކޮށެވެ.
ޕީއެންއެފް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވަނީ އެކްސްގައި ޕީއެންއެފްގެ އޮފީހުގައި ޔާމީން އިންނަވާ މަންޒަރު ފެންނަ ފޮޓޯއެއްވެސް ހިއްސާކުރައްވައިފައެވެ.
ކަރެކްޝަންސްގެ އޮފިޝަލަކު ނޫހަކަށް މިރޭ ވިދާޅުވީ، ކެމްޕެއިން އޮފީހަށް ޔާމީން ވަޑައިގެންނެވި މައްސަލަ ބެލުމަށްފަހު އަޅަން ޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށެވެ.
މީގެ ކުރިން ޔާމީނަށް އެންމެ ފަހުގެ އިންޒާރު ކަރެކްޝަންސް އިން ދީފައިވަނީ ވެސް މުއިއްޒުގެ އޯޑަރަށެވެ.