ވެރިކަމަށް ހުވާ ކުރެއްވުމަށް ފަހު، އެންމެ ފުރަތަމަ އޮތް މެންދުރުގެ ފަރީއްކުޅުއްވުމަށް ދައުވަތު ދެއްވީ އެމެރިކާއަށެވެ. އިސްލާމީ އެތައް ޤައުމަކުން މުއިއްޒުގެ ހުވާކުރުމުގެ ރަސްމިއްޔާތަށް ވަޑައިގެން ތިއްބެވި އިރު، މުއިއްޒަށް މުހިންމުވީ، އިޒްރޭލު ފަލަސްތީނުގައި ވަޒަންވެރިކޮށް، އެމެރިކާ ސިފައިން އެމީހުންގެ ކޮމާންޑް ސެންޓާރގައި ތިބެ އެމީހުން އަންގާގޮތަށް ފަލަސްތީނާއި ދެކޮޅަށް ހަނގުރާމަ ރާވައި، ޔަހޫދީންނާއި އެކު އެ ހަނގުރާމަ ކުރަމުންދާ އެމެރިކާއާއި އެކު މެންދުރު ފަރީއްކުޅުއްވުމެއް ރައީސް އޮފީހުގައި ބޭއްވުމަށެވެ.
އޭރު އެމެރިކާއިން އުފައްދާފައިވާ ބޮންތަކުން ފަލަސްތީނު ރައްޔިތުން ދިޔައީ ޝަހީދު ވަމުންނެވެ. އެ ފަރީކުޅުއްވުމުގައި ތިބި އިރު، ފަލަސްތީނުގެ ތުއްތު އެތައް ކުދިންނެއް ދިޔައީ އެމެރިކާގެ ހަތިޔާރު ތަކުން ޒަހަމްވެ، ޝަހީދުވަމުންނެވެ. އެ ފަރީކުޅުއްވުމުގައި މުއިއްޒު އިންނެވި އިރު އެތައް މައިންނެއް ދިޔައީ، އިމާރާތްތައް ދަށުވެ ދުނިޔެ ދޫކޮށް ދަމުންނެވެ. ޑރ. މުއިއްޒު ހުންނެވީ، ފަލަސްތީނުގެ ލެއިން ތައްތެޅިފައިވާ އެމެރިކާގެ މީހުންނާއި ސަލާންކޮށް އެކީ އެއް ސުފުރާއެއްގައި ފަރިއްކުޅުއްވާށެވެ. ފަލަސްތީނުގެ ދިފާޢުގައި ބަހެއް ނުބުނިތާގައި، އެމެރިކާގެ ވަފްދު ރާއްޖެ އައީ، ފަލަސްތީނުގެ ވާހަކަ ނުދައްކަން މުއިއްޒަށް ޝަރުތު ކޮށްގެންނެވެ.
ރައްޔިތުން ދެން ދިޔައީ، ޚާރިޖީ ވުޒާރާ އަށެވެ. އެއްވެފައިވާ ދިވެހިރައްޔިތުން ގޮވަމުން ދިޔައީ އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރުމަށެވެ. ސަރުކާރުން އެ އަޑެއް ނޭހިއެވެ. ތަކުރާރުކޮށް މުޒާހަރާގެ ބައިވެރިން، ސަރުކާރުން އެކަން ކޮށްދޭނުތޯ އެހެމުން އެއަށް އެއްވެސް ޖަވާބެއް ނުދީ އެތަނުން ޚާރިޖީ ވަޒީރު ފިއްލެވީއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީގެ ތާއީދާއި އެކު، ރައީސް އޮފީހަށް ލަފާ އެރުވީ އިސްރާއީލުގެ ރައްޔިތުންނަށް ރާއްޖެ ނާދެވޭނޭ ގޮތް ހަދާ ދިނުމަށެވެ. އެކަމަށް ލަފާ އަރުވައި މަޖިލީހުން ފޮނުވި ސިޓީފުޅު އެއޮތީ މުއިއްޒުގެ މޭޒުކޮޅު މަތީއެވެ. އަޅާވެސް ނުލެއްވިއެވެ. އާދެ ހަމަ އަޅާވެސް ނުލިއެވެ. ހަމަލާދިނުން އިސާހިތަކު ނިމިދާނެ ކަމަށާއި، އަޅާ ނުލުމަށް މުއިއްޒު ވިދާޅުވިކަމަށް ރައީސް އޮފީސް ތެރެއިން މައުލޫމާތު ލިބުނެވެ.
މުއިއްޒުގެ ސަރުކާރުން ތާޢީދު ކުރަނީ 2 ސްޓޭޓްގެ ހައްލަށެވެ. އެއީ އެކަމުގައި ފަލަސްތީނުގެ މަސްލަހަތު އޮތްކަމަކަށް ނުވާއިރު، އެއީ އިޒްރޭލުވެސް، ފަލަސްތީނުވެސް، ހަމާސްވެސް މިއަދު ބޭނުންވާ ގޮތެއް ނޫނެވެ. ނަސްލެއް ނައްތާލުމަށް ކުރަމުންދާ މަސައްކަތުގައި މުއިއްޒު މިވަނީ އިސްލާމީ ޤައުމެއް ގެންގޮސް އެމެރިކާގެ އުނގަށް ވައްޓާލައި، މުސްލިމު ޤައުމެއްގެ ހައްޤުގައި ދުލުން ބަހެއް ބުނެ ނުލެވޭ ވަރަށް ދެރަ ނިކަމެތި ބަޔަކަށް ދިވެހިން ހަދާފައެވެ. މުއިއްޒުގެ ސަރުކާރުގެ އޮފިޝަލެއްގެ އަރިހުން އިޒްރޭލު ރައްޔިތުން ރާއްޖެ ގެނައުމާއި މެދު ރައީސް އޮފީހުން ގޮތެއް ނުނިންމައި ތިބެނީ ކީއްވެ ތޯ އެހުމުން ކޯފާވެފައި ވިދާޅުވީ މިހެންނެވެ.
ކަލޭމެން ޖެހޭނީ ދެން ފަސް އަހަރު ފިއްތާލައިގެން ތިބެން