ޚަބަރު

ތުރުކީ ދަތުރަށް ފިނި ތަރުހީބެއް! މުއިއްޒު ވަޑައިގެން ކަމެއް ތުރުކީގެ އެއްވެސް މީޑިޔާ އަކަށް ނޭނގެ!

ދިޔަވަރު
ތުރުކީ ދަތުރަށް ފިނި ތަރުހީބެއް! މުއިއްޒު ވަޑައިގެން ކަމެއް ތުރުކީގެ އެއްވެސް މީޑިޔާ އަކަށް ނޭނގެ!

ނޮވެމްބަރު 26 ގައި މުއިއްޒު ތުރުކީއަށް ވަޑައިގެންނެވި ރަސްމީ ދަތުރުފުޅަށް އެގައުމުން މާ ބޮޑު ސަމާލުކަމެއް ނުދެއްވި ކަން ހާމަ ވެއްޖެއެވެ. ރޭގެ ވަގުތެއްގައި މުއިއްޒު އެގައުމަށް ވަޑައިގެންނެވި އިރު، މުއިއްޒުގެ އިސްތިގްބާލުގައި އެއަރޕޯޓަށް ވަޑައިގެން ހުންނެވީ އެގައުމުގެ، އަވަށެއް ކަމަށްވާ، ފެތިޔޭ އަދި ބެޝްކާޒަށް ކަނޑައަޅާފައި ހުންނެވި ސިވިލް އެޑްމިނިސްޓްރޭޓިވް އޮފިސަރެވެ. އާންމު ގޮތެއްގައި ޤައުމުގެ ރައީސުންގެ އިސްތިގްބާލުގައި، އެއަރޕޯޓަށް ވަޑައިގަންނަވަނީ ފޮރިން މިނިސްޓަރެވެ.

މައުލޫމާތު ލިބޭ ގޮތުގައި، މުއިއްޒުގެ ތުރުކީ ދަތުރު ހަމަޖެހުނީ، މޭޔަރު ކަމުގައި މުއިއްޒު ތުރިކީއަށް ވަޑައިގެންނެވި އިރުގައި ތުރުކީއިން ބައްދަލުވެފައިވާ އެގައުމުގެ އިސް ފަރާތްތަކަކަށް ގުޅުއްވައިގެން މުއިއްޒު ތުރުކީއަށް ވަޑައިގަތުމުގެ ޝައުޤުވެރިކަން ފާޅު ކުރެއްވުމުންނެވެ.

މުއިއްޒު ތުރުކީއަށް ވަޑައިގެންނެވި އިރު އެގައުމަށް ވިންޓާރ ފެށިފައިވާއިރު، ވިންޓަރ އަށް އެކަށޭނެހެން މުއިއްޒުގެ ފޭރާން ތުރުކުރުއްވާފައި ނެތުމުން، އެކަމުގެ ފާޑު ކިޔުން ރައީސް އޮފީހަށް ވަނީ އަމާޒުވެފައެވެ.

ބޭރު ޤައުމުގެ ރައީސެއް ނުވަތަ އިއްޒަތްތެރިއެއް ވަޑައިގަތުމުން އެގައުމުގެ މީޑިޔާތަކުން އެކަން ވަގުތުން ގެނަސްދިނަސް، މުއިއްޒުގެ ދަތުރުގެ އެއްވެސް މައުލޫމާތެއް އެޤައުމުގެ އެއްވެސް ނޫހަކަށް އަދި މިހާތަނަށް އަރާފައި ނުވާކަން ފާހަގަ ކުރެވެއެވެ.

މުއިއްޒު ތުރުކީއަށް މިދަތުރު ކުރެއްވި ވަގުތަކީ، އިގްތިޞާދީ ގޮތުން ތުރުކީއަށް ނުހަނު ދަތިވެފައިވާ ދުވަސްވަރެކެވެ. އެހެންކަމުން މިދަތުރުން ތުރުކީއިން ރާއްޖެއަށް މާބޮޑު އެހީތަކެއް ލިބޭނޭ ކަމަށް ގިނަބަޔަކު އުއްމީދެއް ނުކުރެއެވެ.

މިދިޔަ ސަރުކާރުން، އެއަރ ސާރވިސް އެގްރިމެންޓެއް ހެދުމަށް ތުރުކީއާއި އެކު ވަނީ މަޝްވަރާކޮށްފައެވެ. އަދި އެކަމުން ތުރުކީއިން އެއްބަސްވެފައިވާކަމަށް ދިޔަވަރު ނޫހަށް މައުލޫމާތު ލިބެއެވެ. އެހެން ކަމުން މި ދަތުރުފުޅުގައި މި އެއްބަސްވުމުގައި ސޮއެ ކުރުމަކީ އެދެވިގެން ވާކަމެކެވެ. ނަމަވެސް މިއީ ރައީސަކު ވަޑައިގެން ސޮއެ ކުރާ ވަރުގެ އެއްބަސް ވުމެއް ނޫނެވެ.