ޚަބަރު

ތުރުކީ ސަރުކާރުގެ އިސް ފަރާތްތަކާއި ބައްދަލު ކުރަނީ ކަމަށް ބުނެ، ސަރުކާރުން ދޮގު ވީޑިޔޯއެއް ދައުރު ކުރަން ފަށައިފި

ދިޔަވަރު
ތުރުކީ ސަރުކާރުގެ އިސް ފަރާތްތަކާއި ބައްދަލު ކުރަނީ ކަމަށް ބުނެ، ސަރުކާރުން ދޮގު ވީޑިޔޯއެއް ދައުރު ކުރަން ފަށައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ތުރުކީއަށް ރަސްމީ ދަތުރުފުޅެއްގެ ނަމުގައި ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ތުރުކީގެ ސަރުކާރުގެ އިސްފަރާތްތަކާއި ބައްދަލު ކުރެއްވިކަމަށް ބުނެ، ދޮގު ވީޑިއޯއެއް ސީއެންއެމް ގެ ފަރާތުން ދަނީ ދައުރު ކުރަމުންނެވެ. ދިޔަވަރު ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މުއިއްޒު އެ ވީޑިޔޯގައި ބައްދަލު ކޮށްފައިވަނީ ޕްރައިވެޓް ކުންފުންޏެއްގެ ބަޔަކާއެވެ.


ވީޑިޔޯ އިން، ޑރ. މުއީއްޒު ގެންގޮސް ކުޑަ މީޓިންގ ރޫމަކަށް ވައްދާތަން ފެނެއެވެ. އަދި އެ މީޓިންގ ރޫމުގައި، މީހަކަށް މަޑުކޮށްގެން އިންނަވާފައި އެމީހާ އައުމުން އިސްވެ ވަޑައިގެން އެމީހާ އާއި ސަލާން ކުރާތަން ފެނެއެވެ. އެމީހާ އަންނަނީ ފައިލެއް ހިފައިގެންނެވެ. ސަރުކާރު އެއްވެސް ވެރިއެއް އަމިއްލަފުޅަށް އެއްވެސް ޤައުމެއްގައި ފައިލް ހިއްޕަވައިގެން ނުވަތަ ނޯޓު ފޮތް ހިއްޕަވައިގެން ވަޑައި ނުގަންނަވާނެއެވެ. އަދި ދައުވަތު ދީގެން ވަޑައިގަންނަވާ މެހެމާނުންނާއި މެދު އަމަލުކުރަން ސަރުކާރުތަކުން ގެންގުޅޭ އުސޫލުތައް ހަމަ ޖެހިފައި ހުންނަ ގޮތުން، ޤައުމެއްގެ ރައީސްއަކާއި ބައްދަލުކުރަން، ދައުވަތު ދޭ ސަރުކާރުގެ އިސް ފަރާތެއް ވަޑައިގަންނަވާއިރު، މަޑުކުރަން ނުޖެހި، ވަގުތުން ބައްދަލުވާ ގޮތަށް އިންތިޒާމުތައް އަބަދުވެސް ހަމަ ޖައްސަވާ ކަމަށާއި، މި ވީޑިޔޯގައި ފެންނަނީ އެއާއި ޚިލާފަށް އަމަލު ކުރާ މަންޒަރު ކަމަށް ފޮރިން މިނިސްޓަރީގެ އޮފިޝަލެއް ދިޔަވަރު ނޫހަށް ކިޔައިދެއްވިއެވެ. މުއިއްޒު އެ މަޑުކުރެއްވި ގޮތަށް މަޑުކުރުމަކީ ރައީސަށް އިޚްތިރާމު ކުޑަކުރުން ކަމަށާއި، އެއީ ސަރުކާރެއްގެ ބައްދަލުކުރެއްވުމެއްގައި ޕްރޮޓަކޯލް އޮންނަ ގޮތް ނޫންކަމަށް އެފަރާތުން މައުލޫމާތު ދިނެވެ.

އެހެން ކަމުން އެ ވީޑިޔޯއިން އެފެނިވަޑައިގަންނަވަނީ ސަރުކާރުގެ ފަރާތްތަކަކާއި ބައްދަލުކުރާ މަންޒަރެއް ކަމަށް ޤަބޫލު ނުކުރެވޭ ކަމަށް މިފަދަ ދަތުރުތަކުގައި، ރައީސުން އަރިހުގައި ދަތުރު ކުރައްވާފައިވާ އޮފިޝަލަކު ކިޔައިދެއްވިއެވެ.

މުއިއްޒު އަންކާރާ ކޮމޮޑެޓީ އެކްސްޗޭންޖްގެ ރައީސްއާއިއެކު

އިތުރަށް ދިޔަވަރު ނޫހުން ހޯދި މައުލޫމާތު ތަކުން އެނގިފައިވާ ގޮތުގައި، އެ މީޓިންގ ރޫމުގައި ރައީސް މުއިއްޒު ވަނީ އެހެން ބައެއް ފަރާތްތަކާއިވެސް ބައްދަލު ކުރައްވާފައެވެ. އެގޮތުން އަންކާރާގެ ކޮމޮޑެޓީ އެކްސްޗޭންޖްގެ ރައީސްއާއި، ދަ ޔޫނިން އޮފް ޗެމްބަރސް އެންޑް ކޮމޮޑިޓީ އެކްސްޗޭންޖުގެ ހަޒާންދާރާއި ބައްދަލު ކުރެއްވިއެވެ.

ސަރުކާރުގެ ފައިސާގައި ރަސްމީ ދަތުރެއްކަމަށް ބުނެ، ވަޑައިގެން އެއްވެސް ވަރަކަށް ބައިލެޓްރަލް ބައްދަލުވުމެއް 24 ގަޑިއިރު ވަމުންދާ އިރުވެސް ކުރިއަށް ނުދާތީ އާންމުން ދަނީ މުއިއްޒުގެ ދަތުރާއި މެދު ސުވާލު އުފައްދަމުންނެވެ.