ޚަބަރު

މުއިއްޒު ތުރުކީގެ ރައީސް އުރުދުގާންއާ ބައްދަލު ކުރައްވައިފި

ދިޔަވަރު
މުއިއްޒު ތުރުކީގެ ރައީސް އުރުދުގާންއާ ބައްދަލު ކުރައްވައިފި

ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުގާނާ، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްދަލުކުރައްވައިފި އެވެ.

ނޮވެމްބަރު 17، ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރައީސް މުއިއްޒު ރާއްޖޭން ބޭރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުގައި ތުރުކީއަށް ވަޑައިގަތީ އިއްޔެ އެވެ. މި ދަތުރުފުޅަކީ ރައީސް މުއިއްޒަށް ތުރުކީގެ ރައީސް އުރުދުގާންގެ ދައުވަތަކަށް ކުރައްވާ ދަތުރެކެވެ.

މި ދަޢުވަތު ދެއްވާފައިވަނީ މުއިއްޒުގެ އެދިވަޑައިގަތުމަކަށް ކަމަށް މައުލޫމާތު ލިބެއެވެ.

ތުރުކީގެ ރައީސް އޮފީހުގެ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ރައީސް މުއިއްޒާއި ތުރުކީގެ ރައީސް އުރުދުގާނާ ބައްދަލު ކުރައްވާފައިވާ ކަން އިއުލާން ކޮށްފައިވެ އެވެ.

ނަމަވެސް ދެ ބޭފުޅުން ބައްދަލުވި ކަން ފިޔަވައި އިތުރު ތަފްސީލެއް ބައްދަލުވުމާ ގުޅޭ ގޮތުން، އެކްސްގެ ޕޯސްޓްގައި އަދި ތުރުކީގެ ރައީސް އޮފީހުގެ ވެބްސައިޓްގައި ލިޔެފައި ނުވެ އެވެ.