ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި އައްޔަންކުރި ފަރާތްތަކުގެ މައުލޫމާތު އެއްވެސް ގޮތަކަށް ނުހިމަނައި މަގާމުތައް ދޭން ފެށުމުން، މީޑިޔާއިން އެކަމުގެ ކަންބޮޑުވުން ފާޅު ކުރަން ފެށުމުން، ހަމަ އެކަނި 26 މީހެއްގެ ނަން ހާމަ ކޮށްފިއެވެ.
އާންމު ގޮތެއްގައި ނަމުގެ އިތުރުން އެއީ ކޮން ބައެއްކަން ރައްޔިތުންނަށް ސާފު ވާހެން އެޑްރެސްވެސް މީގެ ކުރިން ރައީސް އޮފީސް ވެބްސައިޓުގައި އާންމު ކުރިއަސް، ޝަކުވާކުރުމުންވެސް އެ މައުލޫމާތު ހާމަ ނުކުރިއެވެ.
މައުލޫމާތު ހާމަ ކޮށްފައި ނުވަނީ، ފެންވަރުދަށް އެތައް ބަޔަކަށް، މަޤާމުތައް ދީފައި ވުމުން ކަމަށާއި، ކަމުގެ މުއާލާ ކެނޑޭހާ ދުވަސް ކޮށްފައި، އިތުރު މައުލޫމާތު ރައީސް އޮފީހުގެ ސައިޓަށް ލުމަށް، ރައީސް އޮފީހުން ނިންމާފައިވާ ކަމަށް، އެ އޮފީހުން އެ މައުލޫމާތު ސިއްރުން ދިޔަވަރު ނޫހާއި ހިއްސާ ކުރި ފަރާތުން ބުނެފައިވެއެވެ.
ސަރުކާރުގެ ގިނަ މިނިސްޓްރީ ތަކަށާއި، ކުންފުނިތަކަށް ތައުލީމެއް ނެތް، ތަޖުރިބާއެއް ނެތް ބަޔަކު އައްޔަން ކޮށްފައިވުމުން އާންމުންގެ އުއްމީދު ވަނީ މިސަރުކާރަށް ގެއްލިފައެވެ.