އާބަންކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ފަޒުލް ރަޝީދު އައްޔަން ކުރައްވައިފި އެވެ. އެބޭފުޅާއަށް މި މަގާމު ދެއްްވީ ރިޔާސީ އިންތިހާބަށް 1 މިލިއަން ޑޮލަރު ދީފައިވާތީ ކަމަށް އެކަން އެނގޭ ފަރާތަކުން ވަނީ ޔަގީން ކޮށްދީފައެވެ.
ފަޒުލްގެ މަސައްކަތް ކުރިއަށް އޮތް ފަސްއަހަރަށް އަމާޒުކޮށްފައިވަނީ އޭނާ ޚަރަދުކުރި އަދަދު ހޯދައި އިތުރު ފައިދާ އަމިއްލަ ޖީބަށް ލުމަށް ކަމަށް ގަބޫލު ކުރެވެއެވެ. މުއިއްޒު މަޤާމުތަކަށް ކަނޑައެޅިގެން ކޮރަޕްޝަނަށް މަގުފަހިވާހެން މީހުން ދަނީ އައްޔަން ކުރަމުންނެވެ.
އާބަންކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ފަޒުލް އައްޔަން ކުރެއްވިއިރު، އޭނާ ވަނީ 2015 ވަނަ އަހަރުން ފެށިގެން ނޮވެމްބަރު، 2018 ގެ ނިޔަލަށް އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް އަދާ ކުރައްވައިފަ އެވެ.
އާބަންކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ފަޒުލް އައްޔަނު ކުރެއްވުމާ ހަމައަށް އޭނާ ހުންނެވީ ސަރުކާރު ހިންގާ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުގެ މަގާމުގަ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން ކުރިން އުފެއްދި ޕީޕަލްސް އެލަޔަންސް (ޕީއޭ) ގައި ވެސް ފަޒުލް މަސައްކަތް ކުރައްވާފައިވެ އެވެ.
ފަޒުލް މަޖިލިސް މެމްބަރުކަމުން އިސްތިއުފާ ދެއްވާފައިވާތީ މިވަގުތު މަޖިލީހުގައި ތިއްބަވާނީ ޕީއެންސީގެ ދެ މެންބަރުންނެވެ.