އެތައް ހާސް ކަސްޓަމަރުންގެ އަތުން ފައިސާ ނަގައިގެން ކޭ ޕާކް ރެޒިޑެންސްގެ ފްލެޓްތައް ވިއްކައި އެފައިސާއިން ދުނިޔެ ވަށައި، ދަތުރުކުރި މަންޑޭގެ އަންހެނުން އައިޝަތު ޝަހުދާ އަބްދުﷲ އަށް އެކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ދެއްވައިފިއެވެ.
މަންޑޭ އާއި، އެކޮނޮމިކް މިނިސްޓަރ ސައީދުއާއި، ދެމެދު ގާތް ގުޅުމެއް އޮންނަ ކަމާއި، ސައީދަކީ ކޭޕާކް ޑީލްގެ އަޑީގައި ހުރި ފަރާތްކަމަށް ސޯޝަލް މީޑިޔާގައި މީގެ ކުރިންވެސް ދިޔައީ ވާހަކަ ދެކެވެމުންނެވެ.
ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓުގެ 95 ޕަސަންޓް ހިއްސާދާރަކީ އަދި މެނޭޖިން ޑިރެކްޓަރަކީ ޖިން ޝިހޫ އެވެ. މައިނޯރިޓީ ހިއްސާދާރަކީ މަމްދޫހުއެވެ. އެއީ ފަސް ޕަސެންޓް ހިއްސާއެވެ. އެތައް ބަޔަކަށް އެއް އެޕާޓްމަންޓެއް ވިއްކައި ފައިސާ ހޯދައިގެން އެ ފައިސާ ބޭނުންކުރި ކަމަށް މަންޑޭގެ މައްޗަށް ތުހުމަތު ކުރެއެވެ. މިކަން ކުރީ ޖިންގެ ސޮއި ފޯޖްކޮށްގެން ކަމަށާއި އަދި ސައްހަ ނޫން ލިޔުންތައް އުފައްދައިގެން ބޭންކު މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ކޮށްފައިވާ ކަމަށް ވަނީ ތުހުމަތުކޮށްފައެވެ.
މި ފައިސާއިން އެންމެ ބޮޑު މަންފާއެއް ކޮށްފައިވަނީ އޭނާގެ ދެ އަނބިންނަށެވެ. ދިޔަވަރުއަށް އަށް އެނގިފައިވާ ގޮތުގައި މަންޑޭގެ މުދާ ހުޅުމާލޭ ކޯޓުން ނެރުނު އަމުރެެއްގެ ދަށުން މިހާރު ވަނީ ހިފަހައްޓާފައެވެ. އެ އަމުރު ނެރުނީ މަންޑޭ އާއި އޭނާގެ އަންބެއްގެ މައްޗަށެވެ. ތުހުމަތުވާ އެކައުންޓަކަށް ޖަމާކުރި ފައިސާ އެ އަނބިމީހާ އަށް ލިބި އަދި އެ ފައިސާއިން އޭނާ ބޮޑެތި ހޭދަތައް ކޮށްފައިވާ ކަމަށް ފުލުހުންގެ ތަހުގީގުން ދައްކަ އެވެ.