ޕީޕީއެމް އަށް ވެރިކަން ހޯދުމުގައި މާލޭގެ ގޭންގުތައް ކުޅުނު ދައުރު އެއްވެސް ބަޔަކަށް ވަންހަނާވެ، އޮޅިފައެއް ނުވެއެވެ. އެމީހުންގެ މަސައްކަތުގެ އުޖޫރައިގެ ގޮތުގައި، މަތީ މަޤާމުތަކަށް ގޭންގުތަކުން އައްޔަން ކުރާ ފަރާތްތަކާއި، ގޭންގު މެމްބަރުން ދަނީ ލަމުންނެވެ.
މި ގޮތުން، އެންމެ ބޮޑު އެއް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަކަށް ގޭންގް ލީޑަރެއް އައްޔަން ކުރި އިރު، ހޯމް މިނިސްޓްރީގެ ކުށްވެރިން ދޫކުރުމާއި ބެހޭ ކަންކަމާއި ހަވާލުވެ، ޑިޕިއުޓީ މިނިސްޓަރެއްގެ ގޮތުގައިވެސް ގޭންގަކުން ކަނޑައެޅި ފަރާތެއް ހިމެނޭ އިރު، އެކި ވަރު ވަރުގެ އިސް މަގާމުތަކަށް ގޭންގް ތަކުގެ އެކި ފަރާތްތައް ދަނީ އައްޔަން ކުރަމުންނެވެ. ގޭންގުތަކަށް ސަރުކާރުގެ %10 ވަނީ ދީފައި ކަމަށް ޕީއެންސީ އިން ލިބުނު މައުލޫމާތްތަކުން ސާފުވެއެވެ.
ގޭންގު ބޭފުޅުންގެ ނަމާއި ފޮޓޯ އަޅުގަނޑުމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، އަދި ފުރާނަ ސަލާމަތް ކުރަން ބޭނުންވާތީ ހިމެނެން ނެތް ވާހަކަ ދަންނަވަމެވެ. އަދި ގޭންގް ސަރުކާރެއް ގެނައުމަށް މުއިއްޒަށް ވޯޓު ދެއްވި ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަމެވެ.