ޚަބަރު

ހިޔާ ފްލެޓު ނިންމަން ހަރަދުވި ފައިސާ ދޭނެ ތާރީހު ސާފުކުރަން މިނިސްޓަރު ހައިދަރު މަޖިލީހަށް ހާޒިރުކުރަނީ

ދިޔަވަރު
ހިޔާ ފްލެޓު ނިންމަން ހަރަދުވި ފައިސާ ދޭނެ ތާރީހު ސާފުކުރަން މިނިސްޓަރު ހައިދަރު މަޖިލީހަށް ހާޒިރުކުރަނީ

ރިޔާސީ އިންތިހާބުގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް ހިޔާ ފްލެޓުތަކުގެ ފިނިޝިންއަށް ހަރަދުވި ފައިސާ އަނބުރާ ދޭނެ ތާރީހު ސާފުކުރަން ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރަން ނިންމައިފި އެވެ.

އެކަމާ ގުޅިގެން ހައުސިން މިނިސްޓަރަށް ސުވާލު ފޮނުއްވީ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒެވެ. އޭނާ ފޮނުއްވި ސުވާލުގައި އެދިފައި ވަނީ ފްލެޓް ނިންމަން ހަރަދުވި ފައިސާގެ ބަދަލުގެ ގޮތުގައި ދެ ލައްކަ ރުފިޔާ ދޭން ރާވަފައިވާ ގޮތާއި ތާރީހު އޮޅުންފިލުވުމަށެވެ.

އެ ސުވާލަށް މަޖިލީހުގެ ގަވާއިދުގެ 76 ވަނަ މާއްދާގައި ގޮތުގެ މަތިން ޖަވާބުދެއްވުމަށް މިނިސްޓަރުގެ އަރިހުން އަލީ ނިޔާޒު އެދިފައިވެ އެވެ. އެ މާއްދާގައި ބުނާގޮތުން ވަޒީރުންނާ ކުރާ މިފަދަ ސުވާލުތަކަށް ޖަވާބު ދޭންޖެހޭނީ މަޖިލީހުގެ ޖަލްސާއަކަށް ހާޒިރުވެގެންނެވެ.