ޚަބަރު

ތުރުކީގެ ދަތުރަށް 8 މިލިއަން ހޭދަކޮށްފި! ރައީސް އަރިހުގައި 20 މީހުން ވަޑައިގެންނެވި!

ދިޔަވަރު
ތުރުކީގެ ދަތުރަށް 8 މިލިއަން ހޭދަކޮށްފި! ރައީސް އަރިހުގައި 20 މީހުން ވަޑައިގެންނެވި!

ތުރުކީއަށް ރައީސް ޑރ. މުއިއްޒު ކުރެއްވި ދަތުރުފުޅަށް 8 މިލިއަން ރުފިހާ ހޭދަކޮށްފި ކަމަށް ފައިނޭންސް މިނިސްޓްރީގެ ބޭފުޅަކު ނަން ހާމަ ނުކުރުމަށް އެދި މައުލޫމާތު ދެއްވައިފިއެވެ. ހަރަދުތަކުގެ ހުރިހާ ތަފްސީލެއް ލިބުމުން ޖުމްލަ އެނގިގެން ދާނެ ކަމަށާއި، 9 މިލިއަނަށް އެރުމަކީ އެކަށީގެން ވާކަމެއް ކަމުގައި ވިދާޅުވިއެވެ.

މި ސަރުކާރުން ހަރަދު ކުޑަ ކުރުމުގެ ވާހަކަ ތައް ދެއްކުމަށް ފަހު، 20 މީހުންގެ ބޮޑު ޑެލިގޭޝަންއެއް ވަނީ މި ދަތުރުގައި ބައިވެރި ކޮށްފައެވެ. މިދަތުރުގައި ޓުއަރިޒަމް މިނިސްޓަރ ކަމުގައި ހަމަޖައްސާފައިވާ އަބްދުއްރަހީމް ދަރިފުޅުވެސް ބައިވެރިވެ ވަޑައިގަތެވެ. ޤައުމުގައި ފައިސާ ނެތިގެން ބަޖެޓް ސަޕޯޓް ހޯދުމަށް މިސަރުކާރުން ދަނީ، ޤައުމުތަކާއި ވާހަކަ ދައްކަމުންނެވެ. ނަމަވެސް، ތުރުކީއިން ރާއްޖެއަށް ބަޖެޓް ސަޕޯޓް ލިބޭނޭ މަގެއްވެސް މުއިއްޒުގެ ދަތުގައި ހަމަޖެހިފައެއް ނުވެއެވެ.

20 ސްކޯލަރޝިޕެއް ދޭނެކަމުގެ ވާހަކަ ދެއްކެވި ނަމަވެސް، އިތުރު އެއްވެސް ފައިދާއެއް މިދަތުރުގައި ސަރުކާރަށް ލިބިފައި ނުވާކަމަށް މައުލޫމާތު ލިބެއެވެ. އާންމުން މި ދަތުރު ފާހަގަ ކޮށްފައިވަނީ، މިއީ އިސްރާފު ބޮޑު ބޭކާރު ދަތުރެއް ގޮތުގައެވެ.