ޚަބަރު

ތުރުކީ ދަތުރު ނިންމާލީ ރާއްޖެއަށް އެހީއެއް، ލޯނެއް ނުލިބި!

ދިޔަވަރު
ތުރުކީ ދަތުރު ނިންމާލީ ރާއްޖެއަށް އެހީއެއް، ލޯނެއް ނުލިބި!

26 ނޮވެމްބަރ 2023 ގައި ތުރުކީއަށް ރައީސް މުއިއްޒު ކުރެއްވި ދަތުރުފުޅު ނިންމަވާލުމަށްފަހު، މިއަދުގެ ވަގުތެއްގައި ޑުބާއީ އަށް ވަޑައިގަންނަވައިފިއެވެ. 8 މިލިއަނަށް ވުރެ ބޮޑު ޚަރަދެއްކޮށް 20 މީހުންގެ ޓީކަމަކާއި އެކު، ތުރުކީއަށް ދިޔަ ދަތުރު ނިމިގެން ދިޔައީ ރާއްޖެއަށް އެއްވެސް އެހީއެއް، ލޯނެއް ނުލިބިއެވެ.

ސަރުކާރުން ދަނީ ބަޖެޓް ސަޕޯޓް ނުލިބިގެން ޤައުމުތަކާއި މަޝްވަރާ ކުރަމުންނެވެ. ނަމަވެސް މި މަޝްވަރާތަކުން އެއްވެސް އެދެވޭ ނަތީޖާއެއް މިހާތަނަށް ފެނިފައި ނުވާއިރު، ފެންނަމުންދަނީ ޚަރަދު ބޮޑު، ބަހާއި އަމަލާއި ދިމާނުވާ ސަރުކާރެކެވެ.

މި ދަތުރުފުޅުގައި ދެގައުމުގެ ދެމެދުގައި ކުރެވިފައިވަނީ އެންމެ ވިޔަފާރި އެއްބަސް ވުމަކެވެ. އަދި އެއީ އާންމު ވިޔަފާރި އެއްބަސްވުމެއް ކަމުގައި ވާތީ އެކަމުން ރާއްޖޭގެ އިޤްްތިޞާދަށް އެއްވެސް ފައިދާއެއް ނުކުރެއެވެ.

އާންމުކޮށް ރައީސްކަމުގެ ހުވާ ކުރުމަށްފަހު، ރައީސުން ކުރައްވާ ދަތުރުތަކުން، އެބޭފުޅުން އެނބުރި ވަޑައިގެންފައިވަނީ، ސަރުކާރު ހިންގުމަށް އެހީ އާއި ލޯނު ހަމަޖައްސައިގެންނެވެ.