ޚަބަރު

ކ. ހުރާއަށް ޕީޕީއެމް އިން ޓީމެއް ދިޔުމުން، ކެމްޕެއިންގައި ބޭނުންކުރި "ޔާމީން" ޖަހާފައިވާ ހުސް ގޮނޑިކޮޅު ދައްކައިފި

ދިޔަވަރު
ކ. ހުރާއަށް ޕީޕީއެމް އިން ޓީމެއް ދިޔުމުން، ކެމްޕެއިންގައި ބޭނުންކުރި "ޔާމީން" ޖަހާފައިވާ ހުސް ގޮނޑިކޮޅު ދައްކައިފި

ގައްސާން މައުމޫނާއި އެކު، ކ. ހުރާއަށް ޒިޔާރަތް ކުރި، ޕީޕީއެމް ޓީމަށް، ކެމްޕެއިން ތެރޭގައި ރައީސް ޔާމީންގެ ނަންޖަހާފައި ޖަލްސާތަކުގައި ބަހައްޓާފައި ހުރި ގޮނޑި ދައްކައިފިއެވެ. އަދި ރަށަށް އައި ޓީމަށް ރަށުގެ ޕީޕީއެމް މެމްބަރުންގެ ފަރާތުން ނުރުހުމާއި ހިތްހަމަ ނުޖެހުން ވަނީ ފާޅު ކޮށްފައެވެ. މި ގޮތުން ނުރުހުން ފާޅު ކޮށްފައިވަނީ ރައީސް ޔާމީނާއި ދޭތެރޭ މުއިއްޒު ކަންތައް ކުރައްވަމުން ގެންދަވާ، ގޮތުން ރައްޔިތުން ހިތްހަމަ ނުޖެހިފައި ތިބުމުންނެވެ.

ގޮނޑި ބަހައްޓައިގެން ވެރިކަމަށް އައިސް ހަރާން ކޯރުވީ!

ހުރާ ރައްޔިތަކު ހިތް ހަމަ ނުޖެހިގެން ކިޔާ އަޑު ވީޑިޔޯއިން އިވެއެވެ.

އޭ މިހިރަ ގޮނޑިޔާއޭ! ގޮނޑީގެ ބޭނުން ކެނޑިއްޖެއޭ!

ކިޔައި ހިތްހަމަ ނުޖެހުން ފާޅު ކުރާ އަޑު އިވެއެވެ.

ރައީސް ޔާމީން އުފެއްދި ޕާޓީއަށް ޕީޕީއެމް ގިނަ ބަޔަކު ދަނީ ވަންނަމުންނެވެ. އަދި މުއިއްޒުގެ ސަރުކާރާއި މެދު ހިތްހަމަ ނެޖެހިގެން ޕީއެންސީގައި ތިބި ބައެއް ފަރާތްތައްވެސް ދަނީ ޕާޓީއިން ވަކިވެ ރައީސް ޔާމީނުގެ ޕާޓީއާއި ގުޅެމުންނެވެ.