ޚަބަރު

ކޮޕް28 ގެ މައި ރަސްމިއްޔާތުގައި ވާހަކަ ދައްކަން ރާއްޖެއަށް ފުރުޞަތު ނުލިބުނު! ގޮނޑިތައް ހުރީ ހުހަށް!

ދިޔަވަރު
ކޮޕް28 ގެ މައި ރަސްމިއްޔާތުގައި ވާހަކަ ދައްކަން ރާއްޖެއަށް ފުރުޞަތު ނުލިބުނު! ގޮނޑިތައް ހުރީ ހުހަށް!

ދުނިޔޭގެ ހުރިހާ ލީޑަރުން ބައިވެރިވާ ކޮޕް28ގެ މެއިން އިވެންޓްގައި ރާއްޖެއަށް ވާހަކަ ދެއްކުމަށް ފުރުޞަތު ނުލިބި، ކުޑަ ސެގްމެންޓެއްގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވައިފިއެވެ. މި ސެގްމެންޓް ކުރިއަށް ދިޔައިރު، ހޯލުގެ ބޮޑު ބައެއް އޮތީ ހުސް ކޮށެވެ. އަދި ގިނަ އަދަދެއްގެ ލީޑަރުން މި އިވެންޓުގައި ބައިވެރިވެފައެއް ނުވެއެވެ.

މުއިއްޒަކީ ތިމާވެށީގެ ސަބަބުން ރާއްޖެއަށް ގެއްލުން ނުވާކަމަށް ބުނެ ބޭރުގެ މީޑިޔާއެއްގައި ތަޤްރީރް ކުރެއްވި ފުރަތަމަ ރައީސްއެވެ. އެހެންކަމުން ގިނަ ޤައުމުތަކަކުން މުއިއްޒުގެ ފަރާތުން، ކޮޕް28 ގައި ދައްކާނެ ވާހަކައަށް މާބޮޑު ސަމާލުކަމެއް ނެތެވެ.

ރާއްޖެއަކީ ކުޑަ ޤައުމެއް ނަމަވެސް، ފާއިތުވި ސަރުކާރުން ރާއްޖޭގެ އަގު ބޭރު ދުނިޔޭގައި ވަނީ ގަދަރުވެރި ކުރުވާފައެވެ. މި ސަރުކާރު އައި ފަހުން ރާއްޖެއަށް ބޭރަށް ކުރެއްވި ދެ ދަތުރުފުޅުގައިވެސް، ރާއްޖޭގެ ނަމަށް ވަނީ މުއިއްޒުގެ ފަރާތުން އުނިކަން ލިބިފައެވެ.

މި ސެގްމެންޓުގައި އެހެން ޤައުމެއްގެ ރައީސްއަކު ވާހަކަ ދެއްކިކަން އަދި ވަނީ ސާފު ނުވެފައެވެ.