ޚަބަރު

މޯދީގެ އަރިސް، އިންޑިޔާގެ އެންމެ މުއްސަނދި އަމްބާނީ އާއީ، މުއިއްޒު ބައްދަލުކުރީ އިންޑިޔާއިން ފަންޑު ހޯދުމަށް؟

ދިޔަވަރު
މޯދީގެ އަރިސް، އިންޑިޔާގެ އެންމެ މުއްސަނދި އަމްބާނީ އާއީ، މުއިއްޒު ބައްދަލުކުރީ އިންޑިޔާއިން ފަންޑު ހޯދުމަށް؟

ކޮޕް28 ގެ ހަވާސާގެ ތެރެއިން އިންޑިޔާގެ އެންމެ މުއްސަނދި އަދި މޯދީގެ އެންމެ ގާތް އަރިސް މީހުންގެ ތެރޭގައި ހިމެނޭ، އަމްބާނީ އާއި މިއަދު މުއިއްޒު ބައްދަލު ކުރައްވައިފިއެވެ. އިންޑިޔާއާއި އިންޑިޔާ ރައްޔިތުންނާއި މެދު، ނަފްރަތު އުފެއްދުމަށް ކެނޑި ނޭޅި ދޮގު ވާހަކަތައް ފާއިތުވި 5 އަހަރު ދައްކައި، ރާއްޖެއާއި އިންޑިޔާއާއި ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަމުގެ ގުޅުމަށް މުއިއްޒުގެ ކެމްޕެއިން ޓީމާއި، އެމަނިކުފާނު ނިސްބަތްވާ ކޯލިޝަން ޕާރޓްނާ ޕީޕީއެމް އިން ވަނީ ބުރޫ އެރުވުމަށް މަސައްކަތް ކޮށްފައެވެ.

އަމްބާނީ އާއި މުއްއިޒު ބައްދަލުކުރިކަން ރައީސް އޮފީސްއިން ކުރި X ޕޯސްޓުން ވަނީ ޔަގީން ވެފައެވެ.

https://twitter.com/presidencymv/status/1730589587452612746?s=20

މުއިއްޒު އިސްވެ ހުންނަވައި، އިންޑިޔާ އައުޓު ޓީޝާޓުގައި ނުކުމެ އިންޑިޔާއާއި މެދު ނަފްރަތު އުފެއްދުމަށް މުއިއްޒުވަނީ މަސައްކަތް ކޮށްފައެވެ. ވެރިކަމަށް ވަޑައިގެން ކުރަން ބޭނުންވާ ކަންކަން ކުރުމަށް، ބަޖެޓްގައި ތަނަވަސްކަން ނެތުމުން އިންޑިޔާގެ އެންމެ މުއްސަނދި މީހާއާއި ބައްދަލުކުރުމަކީ ލަދުވެތި ވާންޖެހޭ ކަމެކެވެ. އަދި ބައިނަލްއަޤްވާމީ ދުނިޔޭގައި ރާއްޖެގެ ތަސައްވަރު ކިލަނބުވެގެން ދާނެ ކަމެކެވެ.

މުއިއްޒު ވެރިކަމަށް އަންނަން ހިންގި ރިޔާސީ ކެމްޕެއިން ބިނާވެފައިވަނީ، އޭރުގެ ސަރުކާރާއި އިންޑިޔާއާއި ދެމެދު، ޤައުމެއްގެ ހައިސިއްޔަތުން އުފެދިފައި އޮތް ހެޔޮ ގުޅުމަށް ގޮންޖައްސަވައި، އެ ގުޅުމަކީ ނުބައި ގުޅުމެއް ކަމަށް ދެއްކުމުގެ މައްޗަށެވެ. އަދި އިންޑިޔާއަކީ ދިވެހިންގެ މިނިވަންކަމާއި އިސްތިގްލާލަށް އަރައިގަންނަން ރާއްޖެ އައިސް ތިބި ބަޔަކު ކަމަށް ރައްޔިތުންނަށް ދޮގު ހަދައިގެން ދައްކައި، ޤައުމިއްޔަތުގެ ހައްދުފަހަނައެޅި ކެމްޕެއިނެއް މުއިއްޒުގެ ޓީމުން ކުރެއްވިއެވެ. އިންޑިޔާއިން ރާއްޖޭގައި ތިބި ސިފައިންނަކީ، ޕީޕީއެމް ސަރުކާރުގައި، މުއިއްޒު އިންނެވި ކެބިނެޓުން ފާސްކޮށްގެން ރާއްޖެ ގެނައި ބަޔެކެވެ. އޭރުގަ އޮތް ސާލިހްގެ ސަރުކާރުން އެއްވެސް ބަޔަކު ރާއްޖެއަށް ގެނެސްފައި ނުވާއިރި، އެތައް ހާސް ސިފައިންނެއް ތިބި ކަމަށް ބެލެވޭކަމަށް ޚުދު މުއިއްޒު ވަނީ އަލްޖަޒީރާގައި ބުނެފައެވެ.