ޚަބަރު

އެމެރިކާއި ހުންނަވަނީ ފޮރިން ސެކެޓްރީއެއްކަން ރައީސް އޮފީހަކަށް ނޭނގުނު

ދިޔަވަރު
އެމެރިކާއި ހުންނަވަނީ ފޮރިން ސެކެޓްރީއެއްކަން ރައީސް އޮފީހަކަށް ނޭނގުނު

އެމެރިކާގެ ސަރުކާރުގެ އޮނިގޑުގެ ތެރޭގައި ޚާރިޖީ ވަޒީރެއްގެ ގޮތުގައި ހުންނަވާ ބޭފުޅެއްގެ މަގާމުގެ ހައިސިއްޔަތު ރާއްޖޭގެ ރައީސް އޮފީހުގެ ޚާރިޖީ ގުޅުންތަކާބެހޭ އިސް ބޭފުޅުންނަށް އޮޅިވަޑައިގެންފިއެވެ.

މިކަން ހާމަވީ ރައީސް މުއިއްޒު މިހާރު ޔޫއޭއީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސް މުއިއްޒު, ކޮޕް28 ސަމިޓްގެ ހަވާސާގައި އެމެރިކާގެ ކުރީގެ ފޮރިން ސެކެޓްރީ ޖޯން ކެރީއާއި ބައްދަލުވެވަޑައިގަތުމުން, ރައީސް މުއިއްޒު އެމެރިކާގެ "ފޮރިން މިނިސްޓަރ"އާއޮ ބައްދަލުކުރައްވައިފިކަމަށް ވިދާޅުވެ އެކްސްގައި ކުރި ޕޯސްޓަކުންނެވެ.

ރައީސް މުުއިއްޒި އިނގިރޭސި ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއަރއާއި, އެމެރިކާގެ ކުރީގެ ފޮރިން ސެކެޓްރީ ޖޯން ކެރީގެ އިތުރުން އިންޑިއާގެ މަހުޖަނު މުކޭޝް އަންބާނީއާއި ވާހަކަ ދައްކަވަން ހުންނެވި މަންޒަރުގެ ފޯޓޯއެއް ޕޯސްޓު ކުރުމަށްފަހު އެކްގައި ރައީސް އޮފީހުން ލިޔެފައިވަނީ ޑރ. މުއިއްޒު އެމެރިކާގެ ކުރީގެ "ފޮރިން މިނިސްޓަރ"އާއި ބައްދަލު ކޮށްފި ކަމަށެވެ.

އެހެންނަމަވެސް ދުނިޔޭގެ ގިނަ އެހެން ގައުމުތަކާ ޚިލާފަށް އެމެރިކާގެ ޚާރިޖީ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނަވާ ބޭފުޅެއް މަގާމުގެ ނަމަކީ ފޮރިން ސެކެޓްރީއެވެ.

ރައީސް އޮފީހުގެ ރަސްމީ ޓުވިޓަރ ހޭންޑްލްއިން އެމެރިކާގައި ފޮރިން މިނިސްޓަރަކު ހުންނަކަށް އެކްސްގައި ޕޯސްޓު ކުުރުމާއި ގުޅިގެން ރައީސް އޮފީހުގެ އިސްވެރިނަށް ގިނަ ބައެއްގެ ފާޑުކިޔުންވަނީ އަމާޒު ވެފައެވެ. އަދި ޚާރިޖީ ދާއިރާގެ އެއްވެސް ތަޖުރިބާއެއް ނެތް މީހުންނަށް ސިޔާސީ މަގާމްތައް ޑރ. މުއިއްޒި ދެއްވަމުން ގެންދަވާކަމަށް ބުނެ ގިނަ ބަޔަކު ދަނީ ރައީސް މުއިއްޒުއަށް ފާޑުވެސް ކިޔަމުންނެވެ.