ޚަބަރު

ޤައުމުގެ އިއްޒަތާއި ގަދަރަށްޓަކައިވެސް، އަދުރޭ ދަރި އިސްތިއުފާ ދޭން ޖެހޭ!

ދިޔަވަރު
ޤައުމުގެ އިއްޒަތާއި ގަދަރަށްޓަކައިވެސް، އަދުރޭ ދަރި އިސްތިއުފާ ދޭން ޖެހޭ!

ދިވެހި ޤައުމުގެ މިނިސްޓަރުންނަކީ، ދިވެހި ބަހުން ވާހަކަ ދައްކަން ދަންނަ، އިނގިރޭސި ބަސް ދަންނަ، ތައުލީމު ވަކި މިންވަރެއް ހާސިލްކޮށްގެން ތިބި ބަޔަކަށް ވާންޖެހެއެވެ. ދިވެހިރާއްޖޭގެ ތާރިޙުގައި، ދިވެހިންނަށް ލޯ ހުޅުވާލަން ނުކެރޭހާ ބޮޑު ލަދުވެތިކަމެއް ގެނުވި މިނިސްޓަރަކު އަދުރޭގެ ދަރި ފިޔަވާ ރާއްޖެ ނުދެކެއެވެ.

އަދުރޭއަށް ތައުލީމެއް ލިބިފައި ނެތްތާގައި، ލިބުނު ފިރިހެން ދަރިއަށް އިލްމެއް ލިބިފައި ނެތީ، އަދުރޭ އުޅުއްވާ މަގުން ދަރިވެސް ހިނގީމަތާއެވެ. އަދުރޭ މަޝްހޫރުވެފައިވަނީ ޓިނުން ވައްކަން ކޮށް އަރުވާލި މީހެއް ގޮތުގައެވެ. އަދުރޭގެ ދަރި މަޝްހޫރުވެފައިވަނީ މަސްތުވާ ތަކެއްޗަށް ދެވިހިފާފައިވާ، ޕާޓޭއެއް ގޮތުގައެވެ.

ވެރިކަން ލިބުނުތާ ދެދުވަސް ނުވަނީސް، ޓީވީ އަށް އިންޓަވިއުދީ، މުޅި ޤައުމު ސިއްސުވާލީ "ފަންކްޝަނަލް ސަކްސީޑް މޮޑެލް" އެއްގެ ވާހަކައިންނެވެ. ބަލާފަ ނުބަލާނެތަނެއް ނޭނގިގެން ހިފި ނުހުރެވިގެން އުޅެފައި ވާހަކަ ކޮޅު ނިންމާލެއްވިއެވެ.

ދެން ފެނުނީ ތުރީކީއަށް ވަޑައިގެން ތަނެވެ. އެތަނުގައި ދިވެހި ޤައުމު ލަދުގަންނަވާލި ވަރެއް ނޭނގެއެވެ. ނަމަވެސް ޔަގީންވާ ކަމަކީ، އަދަބު ސަދަބެއްވެސް، މުއާމަލާތް ކުރުމުގެ ރިވެތި އާދައެއްވެސް، ޓުއަރިޒަމާއި ގުޅޭ އެއްކަމެއްވެސް ނޭނގޭތާގައި، އިނގިރޭސިން ބަހެއް ބުނެލަންވެސް ނޭނގޭނެކަމެވެ. އެހެންކަމުން، ބަހެއް ނުބުނެ މުޅި ދަތުރު ނިންމާލިއަސް، އުޅުމާއި ގުޅުމުުންވެސް ދިވެހިރައްޔިތުން ތިބޭނީ ލަދުގަންނަވާލާފައި ކަން ޔަގީނެވެ.

ދެން ފެނުނީ މިއަދު، ރަސްމީ ރަސްމިއްޔާތަކަށް ކަރުގޮށް އަޅުވައިގެން ސެމީ ކެޝުއަލް ވެފައި އިންތަނެވެ. އިންނެވީ ދާއިރާގެ ބަޔަކާއި އެކީއެވެ.

މިރޭ ސޯޝަލް މީޑިޔާގައި އާންމުވެގެން ދިޔަ ވީޑިޔޯއިން ފެންނަނީ، ބިސްމިއެއް، ހަމްދެއް ކިޔަން ނޭނގި، ޖެންޓަލްމަން އެއް ކިޔައި، ވާހަކަ ދެއްވީ ގްރޭޑް 1 ގެ ދަރިވަރުންވެސް ވާހަކަ ނުދައްކާހާ ދެރަވަރުކޮށެވެ. އަޑުއެހިހާ ބަޔަކު، މަލާމާތްކޮށް ނަގާނީއެވެ. ވިސްނުމެއް، ފިކުރެއް، ފެންވަރެއް ނެތް ނާޤާބިލު މީހުން މުޅި ސަރުކާރަށް ލައި، ދިވެހި ޤައުމު ކުޅޭ ކުޅޭ ކުޅިބަޔަކަށް ހަދައި، އަދުރޭގެ ރާއްޖެއަށް ހަދައިފިއެވެ.

https://twitter.com/hkurusee/status/1730988414994903044