ޚަބަރު

ރާއްޖޭގައި އިންޑިޔާ ސިފައިން ތިބި އަދަދު ރައީސް އަށް ނޭނގުނު!

ދިޔަވަރު
ރާއްޖޭގައި އިންޑިޔާ ސިފައިން ތިބި އަދަދު ރައީސް އަށް ނޭނގުނު!

ޔޫއޭއީއިން ރާއްޖެ ވަޑައިގެން، ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި، ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، ރާއްޖޭގައި އިންޑިޔާ ސިފައިން ތިބި އަދަދު ބައްލަވާނެ ކަމަށް ވިދާޅުވެއްޖެއެވެ.

ނޫސްވެރިޔާ ކުރެއްވި ސުވާލަކީ، ކެމްޕެއިނުގައި އެތައް ހާސް އިންޑިޔާ ސިފައިންނެއް ރާއްޖޭގައި ތިބިކަމަށް ވިދާޅުވެފައި، ސަރުކާރުން ހާމަ ކޮށްފައިވަނީ 70 ވަރަކަށް ސިފައިން ތިބިކަމަށާއި، އެހެންކަމުން ކެމްޕެއިންގައި އެ ވިދާޅުވި ސިފައިން ކޮބާތޯ އެއްސެވުމުން، ރައީސް ވިދާޅުވެފައިވަނީ، ސިފައިން ތިބި އަދަދު ބަލާފައި ހާމަ ކުރާނެ ކަމަށެވެ.

ޑރ. މުއިއްޒުވަނީ އިންޑިޔާއާއި ގުޅޭ ގޮތުން ނަފްރަތު އުފެދޭ ދޮގު ވާހަކަތައް ވެރިކަމަށް އައުމުގެ ބޭނުމުގައި ދައްކާފައެވެ. އަދި ރާއްޖޭގައި އެތައް ހާސް ސިފައިން ތިބިކަމަށް ދޭހަވާހެން، އަލްޖަޒީރާއަށް ވެސް، އިންޓަވިއު ދެއްވާފައެވެ.

ދިޔަވަރު އޮންލައިނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރާއްޖޭގައި ތިބީ 70 ވަރަކަށް ސިފައިންނެވެ. ނަމަވެސް ފާޑު ކިޔުން އިތުރުވުމުން ސަރުކާރުން މަސައްކަތް ކުރަމުންދަނީ ދޮގު އަދަދެއް ހާމަ ކުރުމަށެވެ.